ހުޅުމާލޭ ފްލެޓްތަކުގެ މެއިންޓެނެންސް ފީ ހަމަހަމަ ކޮށްދޭނަން: ޝުޖާ

ހުޅުމާލޭ ފްލެޓްތަކުގެ މެއިންޓެނެންސް ފީ ހަމަހަމަ ކޮށްދޭނަން: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2021 07:29
0

ހުޅުމާލޭ ފުލެޓް ތަކުގެ މެއިންޓެނެންސް ފީ އަކީ ހަމަ ހަމަ ކަމާއެކު އޮންނަންޖެހޭނެ އެއްޗެއް ކަމުގައި ހުޅުމާލެ ދާއިރާއަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ. 

ހުޅުމާލޭގެ ފްލެޓްގެ މެއިންޓެނެންސް ފީގެ ގޮތުގައި ޒަމާނުއްސުރެ ނަގަމުންދާ ފީތަކަކީ އެތަންތަނުގެ މަރާމާތާއި، އާބާތުރަ ފިލުވުމަށްޓަކައި ނަގާ ފީތަކެކެވެ. ފީނެގުމުގައި ތަފާތު ކުރުންތައް ގެންގުޅެ، އެކި އަދަދުތައް ނަގާތީ އެކަމުގެ ކަންބޮޑުވުމަކީ އަބަދުވެސް ހުޅުމާލޭގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ކުރަމުންދާ ޝަކުވާއެކެވެ. 

ހުޅުމާލޭ ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ގެނެސްދެއްވާނެކަމަށް ވައުދުވަމުން ޝުޖާ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް ހުޅުމާލޭގެ ފްލެޓްތަކުގެ މެއިންޓައިނަސްފީ އަކީ ހަމަހަމަ ފީއަކަށް ހައްދަވާނެކަމަށެވެ. އެއީ ވަބަޔަކަށް ލުއިވެ ވަކިބަޔަކަށް ބަރުވަންޖެހޭ ފީއެއް ނޫންކަމަށް ޝުޖާ ވިދާޅުވިއެވެ.

ހުޅުމާލޭ ފުލެޓް ތަކުގެ މެއިންޓެނެންސް ފީ އަކީ ހަމަ ހަމަ ކަމާއެކު އޮންނަންޖެހޭނެ އެއްޗެއް. ވަކި ފުލެޓްތަކަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ. @ProgressPartyMVގެ މާލެސިޓީ ކައުންސިލެއްގައި “ފުލެޓް މެއިންޓެނެންސް ފީ”ހަމަހަމަ ކުރާނަން. މިހާރު އޮތް ތަފާތު ކުރުންތައް ނައްތާލާނަން.

– ޝުޖާ ވިދާޅުވިއެވެ.

ހުޅުމާލޭގައި މީހުން ދިރިއުޅެމުންދާ ފްލެޓްތަކަކީ އެތަނުގެ މެއިންޓެނެންސް އެޗްޓީސީއަށް ފައިސާ ދައްކައިގެން ބަލަހައްޓަމުންދާ ތަންތަނެވެ. ނަމަވެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެންމެބޮޑު ޝަކުވާއަކީ ނަގާ ފީއަށްވުރެވެސް އެތަންތަނަށް ކުރަންޖެހޭ މަރާމާތުރައް ނުކުރެވުމެ. ބޮތްކެއް އަދައިގެންވެސް އަދި އެނޫން ކަމެއް ދިމާވެގެންވެސް އެތައް ދުވަހަކު އެކަމަށް ހައްލު ނުގެނެވި މި ފީ ނަގާކަމީ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.