މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްއާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުންގެ މަގާމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފިއެވެ.
ކައުންސިލް އިންތިޚާބު ބޯމަތިވަމުންދާ މިދަނޑިވަޅިގައި ސިޔާސީ ގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި އެމްޑީޕީގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނަށް މަޤާމުތައް ދެއްވުމުމަށް ގިނަ ހުށަހެޅުންތަކެއް ދަނީ ހުށަހަޅަމުންނެވެ. ކޯވިޑް-19 އާއި ގުޅިގެން އިޤްތިޞާދީ ގޮތުން ކުިރމަތިވެފައިވާ ދަތި ހާލަތުގައިވެސް އިތުރު މަޤާމުތައް އުފައްދައި ބޮޑު މުސާރަތައް ދެމުންދާތީ ގިނަ ބައެއްގެ ނުރުހުންވަނީ އަމާޒުވެފައެވެ. ސީނީއާ އެގްޒެކެޓިވް އެއްގެ މުސާރައަކ މަހަކު 21،000 ރުފިޔާއެވެ.
ސީނިއާއި އެގްޒެކެޓިވްގެ ގޮތުގައި އިއްޔެ އަޔަން ކުރެއްވި ދެ ބޭފުޅުންނަކީވެސް އެމްޑީޕީގެ އިސް މަޤާމުތައް ފުރުއްވާފައިވާ އެޕާޓީގެ އަތޮޅު ތެރޭގެ އިސް ދެ މެމްބަރެކެވެ. އެގޮތުން ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ ގދ. އަތޮޅު ކައުންސިލްގެ މެމްބަރުގެ މަގާމުގައި މިހާނަތަށް ހުންނެވި ތަމްދީހު މުހައްމަދެވެ. ޖެންޑާ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގދ. އަތޮޅު ކައުންސިލްގެ ފަރެސްމާތޮޑާ ދާއިރާގެ ކައުންސިލް މެމްބަރު އަލީ ޝާމެވެ.

މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހެއްގެ މައްޗަށް 27 މިލިއަން ރުފިޔާ ހަރަދުކުރާކަން ފާހަގަކުރެެވެއެވެ.
ކޮމެންޓު ފޮނުވާ