ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒުނުވެ، ނަޝީދުގެ ނުރުހުން ސަރުކާރަށާއި، އަސްލަމަށް

ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒުނުވެ، ނަޝީދުގެ ނުރުހުން ސަރުކާރަށާއި، އަސްލަމަށް

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2021 06:45
0

މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމުގައި ފާއިތިވެދިޔަ ދެއަހަރުގެ ތެރޭގައި އެއްވެސް ކަމެއް ހާސިލް ކުރެވިފައިނުވާތީ ރައީސް ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި މިއަދު ރައީސް ނަޝީދު ލިޔުއްވި މެސެޖްގައި، ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒުނުވެ އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ނުވެ ދާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. ވެރިކަމަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދާއިރު، ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއެއް ނުފެއްޓި، ވެފައިވާ ވައުދެއް ތަންފީޒު ނުވާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމަށް މިހާތަނަށް މިނިސްޓަރ އަސްލަމަށް ސޮއިކުރެވުނީ އެންމެ އެއްބަސްވުމެއް ކަމަށެވެ. އެވެސް އިންޑިއާގެ އެސްއޯއީއަކާ އެކީގަ ކަމަށާއި، އަދި އެއްވެސް މަޝްރޫޢެއް އަސްލަމަށް ފެއްޓިފައި ނުވާކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ކަންތައް މިހެން ދޫކޮށްލައިގެން އެމަނިކްފާނަށް ހުރެވެން ނެތްކަމުގައިވެސް، އެމްޑީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕުގައި ލިޔުއްވި މިމެސެޖުގައި ލިޔުއްވާފައި ވެއެވެ. ވަޒީރަކަށް ހުންނަވައިގެން އަސްލަމް ކުރައްވާ މަސައްކަތެއް އަދި ނެރުއްވި ނަތީޖާއެއް ނުފެންނަކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މެސެޖުވައިވަނީ ހައުސިން މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއަށްވެސް ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށްބުނެ ދެ ވަޒީރުންނަށްވެސް ފާޑުވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ ކަންކަން މިހެންދާން ދޫކޮށްލައިގެން ހުރެވޭކަމަށް އަޅުގަނޑަކަށް ނެތް. ދެ އަހަރުވެ ދިޔައިރު އެންމެ ހައުސިން ޕްރޮގުރާމެއްވެސް ނުފެށޭ. ސޮއިކުރެވުނީ ހަމައެކަނި އިންޑިޔާގެ އެސްއޯއީ އަކާއި. އިކޮނޮމިކް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީއަށް ވެސް ވާކަމެއްނެތް. ހައުސިން މިނިސްޓްރީ ދެ މިނިސްޓްރީއަށްވެސް ވީކަމެއްނެތް. މިނިސްޓާރ ފަޔާއަށް މިކަން އުމުދުން ނުވި. ދި މިނިސްޓަރ އަސްލަމް ހައްދަވަން އުޅުއްވާ ގޮތެއް ނޭގޭ.

– ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިސްގައި ރައީސް ނަޝީދު މިއަދު ލިޔުއްވި މެސެޖް

ރައީސް ނަޝީދު އެމްޑީޕީގެ ޤައުމީ މަޖިލިސް ގްރޫޕްގައި މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒުނުވެ އަދި ރައީސް ޔާމީން އެޅުއްވި ހިޔާ ފްލެޓްތައްވެސް ދިނުމުގައި މިސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވަމުން ދަނިކޮށެވެ. އަދި މިފާޑުކިޔުންތަކުގައި އެމްޑިީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ބޯހިޔާވަހިކަމަށް މިސަރުކާރުން ގިނަ ވައުދުތަކެއް ވެފައިވާއިރު، ޚާއްސަކޮށް މާލޭ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ތަންފީޒު ނުވެދާތީ މާލޭގެ ގިނަ ރައްޔިތުންގެ ނުރުހުންވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
މިހާރުކީއްވެގެންތަ މިވަރަކަށްމިތެޅިގަތީ ކޮންވަޣުދެއްތޯފުއްދުނީ؟؟؟؟؟؟؟ މާލޭރައްޔިތުއްނަށްވީވަޣުދުމަތީންކުއްލިއަކަށްމިހަނދާންވާންފެށީ އިންތިޚާބު ބޯމަތިވެރައްޔިތުންވޯޓުނުދޭނެކަންކަށަވަރުވީމަތޯ؟؟؟؟؟؟؟؟ ވެރިކަންނުލިބިގެން ތެޅިބޭލިއިރު ގޭގެއަށްވަދެ މީހުންގެހެދުންވެސް ދޮވެއިސްތިރިކޮށްދެމުންދިޔައީ ހުރިހާބާރެއްލިބި ގޮނޑިތައްކަށަވަރުވީމަ ރައްޔިތުއްނަށްބޯހިޔާވަހިކަން ފޯރުކޮށްދެވެންހުރި ހުރިހާމަގެއްބަންދުކޮށް އެރައްޔިތުންދިން ސުޕަރމެޖޯރިޓީގެބޭނުންކޮށްގެންރައްޔިތުންބިކަހާލުގަޖައްސާފަ މިހާރުކޮން މަކަރުވެރިވާހަކަތަކެއްތޯ ތިދައްކަވަނީ މިފަހަރު މާލެ ރައްޔިތުންގެ ވޯޓުނުލިބޭނެ!!!!!!!!!
ނ ނުރަބޯ
މުނާފިގުންނަކީ ވަޢުދު ފުއްދާ ބައެއްނޫން. ކޮންމެހެން ތިޔަ ޑްރާމާ ކުޅޭނެ ކަމެއްނެތް ނަޝީދު ބޭނުން ކަންތައް ތިއޮއްގެން ކުރިއަށް ދަނީ. ގައުމުގެ އެކިބައިބައި ވަކިވަކިން އިންޑިއާ އަށް ތިޔަދަނީ ވިއްކަމުން.