ޗެނަލް 13ގެ ކެމެރާމަނަށް އަނިޔާކުރި ފުލުހުނަށް ފިޔަވަޅު އަޅުމަށް ރިޕޯޓާސް ވިތައުޓް ބޯޑާރސް އިން ގޮވާލައިފި

ޗެނަލް 13ގެ ކެމެރާމަނަށް އަނިޔާކުރި ފުލުހުނަށް ފިޔަވަޅު އަޅުމަށް ރިޕޯޓާސް ވިތައުޓް ބޯޑާރސް އިން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
22 ފެބްރުއަރީ 2021 08:37
0

ޗެނަލް 13 ގެ ކެމެރާމަނަށް އަނިޔާކުރި ފުލުހުނަށް ފިޔަވަޅު އަޅަން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ގޮވާލައިފިއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ޗެނަލް 13 ގެ ނޫސްވެރިޔާއަށް އޭނާއަށް އަނިޔާކޮށްފައިވަނީ ސުލްހަވެރިކަމާއިއެކު ކުރަމުންދިޔަ މުޒާހަރާއެއް ކަވަރު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި މިކަމުގައި ބައިވެރިވި ފުލުހުންނަށް ޤާނޫނީ ފިޔަވަޅުމަށް ވަނީ ގޮވާލާފައެވެ.

މުޒާހަރާގައި އަނިޔާ ވެފައިވަނި ޗެނަލް 13 ގެ ކެމެރާމަން މުހައްމަދު ޝަހީމް އަށެވެ. މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ކެމެރާމަނަށް އަނިޔާވެފައިވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރޭގައެވެ. ފުލުހުން މުޒާހަރާގެ ތެރެއަށް ވަދެގަންނަން ކުރި މަސައްކަތުން މުޒާހަރާ ލައިވްކޮށް ދައްކުމަށް މަސައްކަތް ކުރި ކެމެރާމަން ފަހަރުން ފުލަހަކު ވަރަށް ބާރަށް ޖެހިގަތުމުން އޭނާ ބިންމައްޗަށް ވެއްޓި ވަނީ ހޭނެތިފައެވެ.

މީގެ ކުރިން ކުރިންވެސް އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިންނާއި، މުޒާހަރާ ކަވަރު ކުރި ކެމެރާމަނުންނަށް ވަނީ އެކި ވަރުގެ އަނިޔާތަކެއް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.