ވެކްސިން ޖަހާނީ މާލޭ ހުރިހާ ރައްޔިތުން ވެކްސިން ޖަހާ ނިމުނީމަ: އަލްހާން

ވެކްސިން ޖަހާނީ މާލޭ ހުރިހާ ރައްޔިތުން ވެކްސިން ޖަހާ ނިމުނީމަ: އަލްހާން

Author
މުޙައްމަދު ޝަޒައިމް
22 ފެބްރުއަރީ 2021 07:11
0

ކޯވިޑް-19 ގެ ވެކްސިން ޖަހާނީ މާލޭ ހުރިހާ ރައްޔިތުން ވެކްސިން ޖަހާ ނިމުމުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިފަދައިން ވިދާޅުވީ ކޯވިޑް-19 ގެ ވެކްސިން ޖެއްސެވުމަށްފަހު މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ސަރުކާރު ހިންގާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބަދުއްސައްތާރު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުންނެވެ. މުޅި ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާއިރު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 57،039 އަށް އަރާފައެވެ. ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު 74،966އިން މައްޗަށް އަރައިފައެވެ.

މާލޭގެ 10 ސެންޓަރަކުންދަނީ ވެކްސިން ދިނުމުގެ ޚިދުމަތްދެމުންނެވެ. އަދި އަތޮޅުތަކުގެ 69 ސެންޓަރެއްގައި ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވެއެވެ. ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މިހާތަނަށް މީގެ 200،000 ޑޯޒް ވެކްސިން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެޑީ
އަހުންނަށް ހެޔޮ ތިބޭފުޅާ ދުވަހަކު ނުޖެހިޔަސް
I Insaana
Ekaloa haadha biruganeye dhoa gondi nulibenies vaccine jahaagen maruvedhaanethy Kaloa vaccine jehiyas nujehiyas maru ais jehunyma maruvaane broa
ސ ސަރީފް
އެދުމެއްނެތިތިހާގިނަވެކުސިންހަދިޔާއެކުރަނީ