ހައްޔަރުކުރިތާ ގިނަ އިރުތަކެއްނުވެ އަދުރޭ ދޫކޮށްލައިފި

ހައްޔަރުކުރިތާ ގިނަ އިރުތަކެއްނުވެ އަދުރޭ ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
22 ފެބްރުއަރީ 2021 06:50
0
މިއަދު ހަވީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހައްޔަރުކުރިތާ ގިނަ އިރުތަކެއްނުވެ ދޫކޮށްލައިފިއެވެ.

އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ ޕާޓީ އޮފީހުގައި އިންނެވުމަށްފަހު ގެޔަށް ވަޑައިގެންނެވުމަށް އޮފީހުން ނިކުންނެވިތަނާ ހެންކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ މިހާރު އޭނާ ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި އަދުރޭ ދޫކޮށްލީ އޭނާގެ ކިބައިން ބައެއް މައުލޫމާތު ސާފުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

އަބްދުއްރަހީމްގެ އިިތުރުންވެސް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ އިތުރު ބަޔަކުވެސް މިއަދު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.