ރާއްޖެއިން އިތުރު 5،004 މީހުންނަށް ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންދީފިއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު 74،966އިން މައްޗަށް އަރައިފިއެވެ.
ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ދޭންފެށީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ވޭތުވެދިޔަ 24ގަޑިއިރުތެރޭގައި ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށްދޭ ވެކްސިން 5،004މީހުން ޖަހާފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19ގެ ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 74،966އަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24ގަޑިއިރުތެރޭ ވެކްސިންޖެހި 5،004 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 3،310 މީހުންނާ، އަތޮޅުތަކުގެ ސެންޓަރުތަކުން ވެކްސިން ޖެހި 1،694 މީހުންނެވެ. މިއާއެކު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 57،039 އަށް އަރާފައެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހު މީހުންގެ އަދަދުވަނީ 17،927 އަށް އަރާފައެވެ.
މާލޭގެ 10 ސެންޓަރަކުންދަނީ ވެކްސިން ދިނުމުގެ ޚިދުމަތްދެމުންނެވެ. އަދި އަތޮޅުތަކުގެ 69 ސެންޓަރެއްގައި ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވެއެވެ. ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މިހާތަނަށް މީގެ 200،000 ޑޯޒް ވެކްސިން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔަކޮށްފައެވެ.
ކޮމެންޓު ފޮނުވާ