ގއ.އަތޮޅު: ވަޢުދުތައް ނުފުއްދޭތީ އެމްޑީޕީ މެމްބަރުންގެ ކަންބޮޑުވުން އޮއްސާލައިފި

ގއ.އަތޮޅު: ވަޢުދުތައް ނުފުއްދޭތީ އެމްޑީޕީ މެމްބަރުންގެ ކަންބޮޑުވުން އޮއްސާލައިފި

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2021 09:53
0

މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިންނާއި، ވެރިކަމަށް އައުމުގެ ފަހުންވެސް ހުވަދު އަތޮޅުގެ ރަށްތަކަށް ވެފައިވާ ވައުދުތައް ނުފުއްދޭތީ އެޕާޓީގެ ޓިކެޓްގައި ހުވަދު އަތޮޅުގެ ގިނަ ރަށްތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ބޮޑެތި ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއިއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގއ.އަދި ގދ.ގެ ރައްޔިތުންނާއިއެކު މިރޭ ރައީސް ޞާލިހުއާއި، ރައީސް ނަޝީދު ބައިވެރިވެގެން ބޭއްވި ބައްދަލުވުމުގައި ހުވަދު އަތޮޅުގެ ގިނަ ރަށްތަކުން ވަނީ ސަރުކާރުކާރުން އެރަށްތަކަށް ވެފައިވާ ވައުދުތައް ނުފުއްދޭތީ ގިނަ ކަންބޮޑުވުން ދެ ރައީސުންނާއި ހިއްސާ ކުރައްވާފައެވެ.

ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅަށްވާއިރު، ސަރުކާރުން ގިނަ ވައުދުތަކެއް އެއަތޮޅުގެ ރަށްޔިތުންނަށް ވަނީ ވެފައެވެ. މިރޭ ބޭއްވި ބައްދަލުވުގައި ހުވަދު އަތޮޅުގެ ރަށްތަކަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކުގެ އިސްބޭފުޅުން ބައިވެރިވިއިރު ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެކަށީގެންވާ މަސައްކަތް ނުވާތީ ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

މިބައްދަލުވުމުގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި ރަށްތަކުގެ ތެރޭގައި، ގއ.ވިލިގިއްޔާއި، ދާންދޫއާއި، މާމެންދޫއާއި، ގެމަނަފުއްޓާއި، ކަނޑުހުޅުދޫ ހިމެނެއެވެ. މިރަށްތަކުގެ މައިގަނޑު ކަންބޮޑުވުމަކީ ވެފައިވާ ވައުދުތަކާއި އެއްގޮތަށް ޞިއްޚީ ހިދުމަތް ނުލިބުމާއި، ބޯހިޔާވަހިކަން ނުލިބުމާއި، ފެނާއި ނަރުދަމާއާއި، ވަޒީފާގެ ފުރުސަތު ނުލިބުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މިރަށްތަކަކީ މަސްވެރިކަމަށް ބަރޯސާވެފައިވާ ރަށްތަކަށްވުމުން މަސްވެރިކަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާކަމަށް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.

މިކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ޞާލިހުއާއި، ރައީސް ނަޝީދުވެސް ވަނީ މީގެ ތެރެއިން ގިނަ ރަށްތަކުގައި ބައެއްކަން ނުކުރެވޭކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އަދި މިކަންކަން ކުރެވޭތޯ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެކަމަށް ދެ ރައީސުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.