އިލެކްޝަން ކޮމިޝަނަށް ޑރ.ޒާހިރު އައްޔަން ކުރައްވައިފި

އިލެކްޝަން ކޮމިޝަނަށް ޑރ.ޒާހިރު އައްޔަން ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2021 02:28
0

އިލެކްޝަން ކޮމިޝަނުން ހުސްވެފައިވަ މަޤާމަށް ޑރ. މުހައްމަދު ޒާހިރު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޒާހިރަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީއެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރަކީ ބެންގކޮކްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (އެން.އައި.ޑީ.އޭ) އިން ޕީ.އެޗް.ޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިންނެވެ. ޑޮކްޓަރ މުޙައްމަދު ޒާހިރަކީ، މީގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރއެއްގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް ވަކިކުރުމަށް ނިންމާފައިވަނިކޮށް، އޭނާ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 19 ވަނަ ދުވަހުއެވެ.

ޑރ. މުހައްމަދު ޒާހިރު އެމަޤާމަށް އައްޔަންކުރުމަށް ރައްޔިތުން މަޖލީހުން ރުހުން ދެއްވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.