ނޫސްވެރިންގެ ހައްގުތައް ހޯދުމަށް ގޮވާލައި އިހުތިޖާޖުކުރަން ފަށައިފި

ނޫސްވެރިންގެ ހައްގުތައް ހޯދުމަށް ގޮވާލައި އިހުތިޖާޖުކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2021 01:23
0

ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، ހުރަސްތައް ނައްތާލައި، މިނިވަންކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައި ރާއްޖޭގެ ބައެއް ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ނޫސްވެރިން އިހުތިޖާޖު ކުރަމުންދަނީ މޯލްޑިވްސް މީޑިޔާ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަން ހިންގާ އިމާރާތުގެ ކުރިމަތީގައެވެ. އެއްވެފައިވާ ނޫސްވެރިން ތިބީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއިއެކުގައެވެ. ނޫސްވެރިން އިހުތިޖަޖު ކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ މުޒާހަރާތައް ކަވަރު ކުރުމުގައި ފުލުހުންގެ ފަރާތުން އެއްވެސް ރައްކާތެރިކަމެއް ނުލިބި އެކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭތީއެވެ.

އެންމެފަހުން އިދިކޮޅުން މާލޭގައި ކުރި މުޒާހަރާގައިވެސް ޗެނަލް 13ގެ ކެމެރާމަނަކަށް ވަރަށް ބޮޑަށް އަނިޔާވެ ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އަދި މުޒާހަރާ ނިމުނުފަހުންވެސް ބައެއް ނޫސްވެރިން ކެފޭއެއްގައި ތިއްބައި ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

ނޫސްވެރިންގެ އިހުތިޖާޖު ކުރަމުންދަނީ ދިމާވާ މިފަދަ ކަންތައްތަކުގައި މިޑީޔާ ކައުންސިލާއި، ބްރޯޑް ކާސްޓިން ކޮމިޝަނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.