މިނިސްޓަރ ޝާހިދުގެ ބޮޑު ދައިތަ ނިޔާވެއްޖެ

މިނިސްޓަރ ޝާހިދުގެ ބޮޑު ދައިތަ ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2021 08:21
0

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ބޮޑު ދައިތަ މީގެ ކުޑަ އިރުކޮޅެއް ކުރިން ނިޔާވެއްޖެއެވެ.

މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުދައިތަ ނިޔާވެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންކަމަށެވެ. މިނިސްޓަރ ޝާހިދުގެ ބޮޑުދައިތައަކީ މ.ދަރަވަންދޫގެ އުތުރުގެ ހައްވާ ޖަމީލް އެވެ.

މިނިސްޓަރ ވަނީ ބޮޑު ދައިތަ ނިޔާވުމާއި ގުޅިގެން މަރުހޫމާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށް ދެއްވުން އެދި ދުޢާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.