ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރުމަށް އިންޑިއާއިން 40 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ މިހާރު ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި ކުރިޔަށްދާ ރަސްމިއްޔާތެއްގައިއިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބުރަމަންޔަން ޖައިޝަންކަރުއެވެ.
މި އެހީތެރިކަން ފޯރުކޮށްދެއްވާކަން ހާމަކޮށްދެއްވައި ޖައިޝަންކަރު ވިދާޅުވީ މިއީ ވަކި ކުޅިވަރަކަށް، ނުވަތަ ވަކި ރަށަކަށް ހާއްސަކޮށް ދޭ އެހީއެއް ނޫން ކަމަށެވެ. މިއީ ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ވެދޭ އެހީއެއް ކަމަށާއި އެއް ކުޅިވަރަށްވުރެ ގިނަ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދޭން އެހީތެރިވުމަށް ނިންމަވާފައިވާ ކަމަށް ޖައިޝަންކަރް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވީ އަބަދުވެސް އިންޑިޔާއިން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަން އުފަލާއެކު ރާއްޖެއިން ބަލައިގަންނަކަމަށާ މިހާރުވެސް އިންޑިޔާއިން ކުޅުންތެރިން ތަމްރީން ކުރުމަށް ވެފައިވާ އެއްބަސްވުން މަޑުޖެހިފައިވަނީ ކޮވިޑް-19ގެ ސަބަބުންކަމަށެވެ. އަދި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމާއެކު އިންޑިޔާއަށް ޓީމްތަށް ތަމްރީން ކުރުމަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށްވެސް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އޮންނަ ގާތް ގުޅުމަށް 56 އަހަރަށްވުރެއް ގިނަދުވަސް ވެފައިވާއިރު، ފާއިތުވެގެންދިޔަ ދެ އަހަރުގައި އިންޑިޔާއިންވަނީ ކުޅިވަރުގެ ދާއިރާއިން ހިންގާފައިވާ އެންމެ ބިޔަބޮޑު މަޝްޢޫތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިހާރުވެސް އިންޑިޔާއިން 61 އައުޓް ޑޯ ޖިމާއި 67 ޕާކްއެޅުމަށް ބޭނުންވާ ސާމާނުވަނީ ހަދިޔާކޮށްފައެވެ. މީގެ ތެރެއިން ބައެއް ޖިމް އަދި ޕާކްތަށް ހަދާ ނިމިފައިވާއިރު އަނެއްބައި ތަންތަންވަނީ ނިމުމުގެ މަރުހަލާގައެވެ.
ކޮމެންޓު ފޮނުވާ