އެމްޕީއެލް ފްލެޓްތަކުގެ 1 ކޮޓަރީގެ އެޕާޓްމަންޓްކަށް ހެދިގޮތެއް އަދިވެސްނޭގޭ: އުޝާމް

އެމްޕީއެލް ފްލެޓްތަކުގެ 1 ކޮޓަރީގެ އެޕާޓްމަންޓްކަށް ހެދިގޮތެއް އަދިވެސްނޭގޭ: އުޝާމް

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2021 07:50
0

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން ޢިމާރާތްކުރަމުންދާ އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަށް ހެދި ގޮތެއް އަދާއި ހަމަޔަށް އެމްޕީއެލްއިންވެސް އަދި ސަރުކާރުންވެސް ސާފުކޮށް ދީފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން ޢިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރު އެމްޕީއެލްއިން ވަނީ މިއަދު ދޮގުކޮށްފައެވެ. އެމްޕީއެލްގެ މިވާހަތަކާއި ގުޅިގެން އުޝާމް ވިދާޅުވީ ކުރީ ސަރުކާރުން އެމްޕީއެލްއަށް ތިޔަ ބިން ތަރައްގީކުރުމަށް ހަވާލުކުރީ 1ކޮޓަރީގެ އެޕާޓްމަންޓްތައް ހިޔާ މަޝްރޫއަށް ދިނުމަށް ޝަރުތުކޮށް ކަމަށެވެ. ނަމަވެސް އަދާއިހަމައަށްވެސް އެމްޕީއެލްއިން އަޅަމުންދާ އިމާރާތުގައި ހަދާފައިވާ 1ކޮޓަރީގެ އެޕާޓްމަންޓްތަކަށް ހެދިގޮތެއް އެމްޕީއެލްއިން ވެސް އަދި ސަރުކާރުންވެސް ސާފުކޮށް ދީފައި ނުވާކަމަށެވެ.

ކުރީ ސަރުކާރުން އެމްޕީއެލްއަށް ތިޔަ ބިން ތަރައްގީކުރުމަށް ހަވާލުކުރީ 1ކޮޓަރީގެ އެޕާޓްމަންޓްތައް ހިޔާ މަޝްރޫއަށް ދިނުމަށް ޝަރުތުކޮށް. ނަމަވެސް އެމްޕީއެލްއިން އަޅަމުންދާ އިމާރާތުގައި ހަދާފައިވާ 1ކޮޓަރީގެ އެޕާޓްމަންޓްތަކަށް ހެދިގޮތެއް MPLއިން ނުވަތަ ސަރުކާރުން އަދިވެސް ސާފުކޮށްނުދޭ.

– އުޝާމް ވިދާޅުވިއެވެ.

އެމްޕީއެލްއިން ބުނެފައިވަނީ އެކުންފުނިން އަޅަމުންދާ ފުލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުއައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމަށެވެ.

ހިޔާ ފްލެޓްތައް ދިނުމުގައި ސަރުކާރުން އަަމަލުކޮށްފައިވާ ގޮތަށް ގިނަ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ފްލެޓްތައް އޭގެ ހައްގުވެރިންނަށް ނުލިބިވާކަމުގެ ޝަކުވާ ވަނި ބޮޑުވެފައެވެ. އަދި މިހާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށްވެސް ފްލެޓް ފަހިނުވާނެ ގޮތަކަށް އުސޫލުތަކަށް ގެންނަމުންދާ ބަދަލަކީ ވަކި މަންފާއެއް ހާސިލް ކުރުމަށް ގެންނަމުންދާ ބަދަލުތަކެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.