އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2021 07:34
0

ފަސް ދާއިރާއަކުން އިންޑިއާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ރާއްޖެއާއި އިންޑިއާދެމެދު 5 ދާއިރާއަކުން އެހީވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެހީތެރިކަންދޭ ދާއިރާތަކާގުޅޭ ވަޒީރުންނާ ކަމާގުޅޭ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާއިން ދިން އެހީތެރިކަމުގެ ތެރޭގައި އިންޑިއާ ލައިން އޮފް ކްރެޑިޓްގެދަށުން މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖެނެރަލް މެނޭޖަރ އޮފް އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާ ޝްރީ ގޯރަވް ސިންގް މަންދާރީއެވެ.

ރާއްޖޭއަށް ބޯހިޔާވަހިކަމުގެ ދާއިރާއިން އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގަ ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސަލްފިއާ އަންވަރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާގެ ޖެނެރަލް މެނޭޖަރ ޝިލްޕާ ވަގބާރީއެވެ.

އިންޑިއާއިންވަނީ ނ.ކެނދިކުޅުދޫގައި ގޭދޮށު މަސްޕްލާންޓް ހެދުމަށްވެސް އެހީތެރިކަން ދިނުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދުއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރުއެވެ.

ސަސްޓެއިނަބަލް އަރބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން އެހީވުމާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ނަޝީދެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއަން ހައިކޮމިޝަނަރ ސަންޖޭ ސުދީރެވެ.

ބްރޮޑްކާސްޓިންގެ ދާއިރާ އިތުރަށް ކުރިއެރުވުމާގުޅޭ އެއްބަސްވުމެއްގައި ޕީއެސްއެމްއާ އިންޑިއާގެ ޕްރަސާރް ބާރްތީ އޮފް އިންޑިއާއާދެމެދުވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއަން ހައިކޮމިޝަނަރ ސަންޖޭ ސުދީރެވެ.

ރާއްޖެއާއި އިންޑިއާދެމެދު 5 ދާއިރާއަކުން އެހީވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެހީތެރިކަންދޭ ދާއިރާތަކާގުޅޭ ވަޒީރުންނާ ކަމާގުޅޭ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.