މިސަރުކާރުން އަބަދުވެސް އިސްކުރާނީ އިންޑިޔާ: ނަޝީދު

މިސަރުކާރުން އަބަދުވެސް އިސްކުރާނީ އިންޑިޔާ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2021 05:17
0

ރާއްޖެއިން ދުނިޔޭގެ އެކި ޤައުމުތަކާއިއެކު ބާއްވާ ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދީގެން އަބަދުވެސް އިސްކުރާނީ އިންޑިޔާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

'މޯލްޑިވްސް އިންޑިޔާ ޕާޓްނަރިންގ އިން ދަ ޑިވެލޮޕްމަންޓް އޮފް ޔޫތް އެންޑް ސްޕޯޓްސް' އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އިންޑިޔާއަކީ ރާއްޖޭގެ ޚާރިޖީ ގުޅުންތަކުގެ އެންމެ ފުރަމަ ބައިވެރިޔާ ކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކައި ރާއްޖެއިން ޚާރިޖީ ގުޅުންތައް ބަދަހި ކުރި ކަމުގައި ވީނަމަވެސް އެންމެ ފުރަތަމަ އަބަދުވެސް މިސަރުކާރުން އިސްކުރާނީ އިންޑިޔާކަަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ބޮޑު އެހީތެރިޔާކަމަށެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އަބަދުވެސް އެންމެ އަވަހަށް އެންމެ ބޮޑަށް އެހީތެރިވާ ޤައުމަކީ އިންޑިޔާކަމަށެވެ. ފެނުގެ ހާދިސާއަށް ބެލިޔަސް، ސުނާމީއަށް ބެލިޔަސް އަދި ވެކްސިނެއް ދީގެން ރަނގަޅުވާނެ ބައްޔަކަށް ވިޔަސް އެންމެ ފުރަތަމަ އެހީތެރިވަނީ އިންޑިޔާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މަޖިލިސް ރައީސް ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ޖައިޝަންކަރަކީ ދުނިޔޭގައިވެސް ހުންނެވި ޚާރިޖީ ކަންކަމަށް އެންމެ ތަރޯ އެންމެ ހުށިޔާރު ބޭފުޅާކަމަށެވެ. އެބޭފުޅާއަކީ އިންޑިޔާ ކަނޑުގެ ހިނގާ ކަންކަންވެސް އެންމެ ސާފުކޮށް އެގޭނެ އަދި މިސައްރަހައްދުގެ ހާރިޖީ ކަންކަމަށްވެސް އެންމެ ފަރިތަ ބޭފުޅާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިރަސްމިޔާތުގައި މަޖިލިސް ރައީސް ވަނީ އިންޑިޔާއިން ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރަށާއި، އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސެއްޅި
އިންޑިޔާ އިސް ކުރިޔަސް އޯކޭ. މަސްއަލައަކީ އެމީހުންނަށް ގައުމު ވިއްކާލުން......ތިކުރާ ކަންތަކަށް ޒިންމާވާން ހުންނާތި.ރައްޔިތުން އެބަ ހޫނުވޭ.