“ދޮގު ހެކި ބަސްދޭ” މީހުންނާއި ޤާނޫނު އަރާހަމަކޮށް، މިވެރިކަން ނިމުމުން ހުރަގައެއް ލާނެކަމަށް ބުނެ އިންޒާރުދިން މައްސަލާގައި ހައްޔަރި އަބްދުއްސަމަދު ކޯޓުން ދޫކޮށްލައިފިއެވެ.
އިއްޔެގެ މުޒާހަރާ ތެރެއިން ފުލުހުންނަށް އިންޒާރު ދިންކަމަށް ބުނެ ހައްޔަރުކުރި އ. ކޮލަމާފުށި، އަރާކުރި، އުމުރުން 51 އަހަރުގެ އަބްދުއްސަމަދު ކޯޓުން ދޫކޮށްލީ މިއަދު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުންނެވެ.
އިއްޔެގެ މުޒަހަރާގައި ސަމަދު ބުނެފައިވަނީ، ފުލުހުންނާއި "ހައްގު" އަރައި ހަމަކުރާނެ ކަމަށާއި އެއިރުން އެ ފުލުހުން ޖަލުގެ ތޭރިތަކަށް ދާންޖެހޭނެ ކަމަށެވެ. އަދި 2023 ވަނަ އަހަރުގައި އަންނާނީ އެ ޕާޓީގެ ވެރިކަމެއް ކަމަށާއި ވެރިކަމަށް އައުމަށް ފަހު ވަކި ވަކިން އެންމެން ކޮށާލާނެކަމަށް ބުނެ އޭނާ ހައްޔަރުކުރި ފުލުހުންނަށް އިންޒާރުދީފައެވެ.
މިމައްސަލާގައި ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަމަދަކީ ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، ޤައުމަށް ގެއްލުން ހުރި ކަމެއްގައި އޭނާ ވަކާލާތުކޮށް އެކަމަށް ހިތްވަރު ނުދޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ