އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކުރިއަށް ގެންދާ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ހަވީރު ހައްޔަރުކުރި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލްގެ ދޫކޮށްލައިފިއެވެ.
މުހައްމަދު އިސްމާއިލް ދޫކޮށްލާފައިވަނީ ތިން ދުވަހުގެ މުއްދަތައް ފަހުއެވެ.
މުޙައްމަދު އިސްމާއީލަކީ އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގެ ތެރެއިން ތަކުރާރުކޮށް ހަައްޔަރުކޮށްފައިވާ ބޭފުޅެކެވެ. އެގޮތުން ހޯމަ ދުވަހުގެ އިހުތިޖާޖްގެ ތެރެއިން ވެސް އޭނާ ހައްޔަރުކޮށް އިއްޔެ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އަންގާރަ ދުވަހުގެ އިހްތިޖާޖްގެ ތެރެއިން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ސިލްސިލާކޮށް އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިހްތިޖާޖް ތަކަކީ ސުލްހަވެރި އިހްތިޖާޖްތަކެއް ކަމަށް އިދިކޮޅު ކޯލިޝަނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. މީގެ އިތުރުން ފްލެޓް ދިނުމުގައި އޮޅުވާލުންތައް ހުރިކަމަށްބުނެ “މަގޭ ފްލެޓް ކޮބާ”ގެ ނަމުގައި ވެސް އިދިކޮޅު ކޯލިޝަނުން ދާދިފަހުން ވަނީ އިހްތިޖާޖް ކޮށްފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނަމުންގެންދަނީ ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތައް ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ވުމުންކަމަށެވެ.
ކޮމެންޓު ފޮނުވާ