Ad
ކޯވިޑް-19: ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް

ކޯވިޑް-19: ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2020 10:10
0

ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އިން ބުދަ ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް ރާއްޖެއިން 69 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިވި މީހުންގެ އަދަދު ވަނީ 11،000 މައްޗަށް އަރާފަ އެވެ.

އެޗް.ޕީ.އޭއިން ޢާއްމުކުރައްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 29 މީހުންގެ ތެރެއިން މީހުންނަކީ ދިވެހިންނެވެ. އަދި 40 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ އަދަދުވަނީ 11062 އަށް އަރާފަ އެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 47 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9،880 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 28 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 35 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1،140 އަށް އަރާފައިވާއިރު 367 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 61 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި އެކަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.