ރ.ފައިނުގައި ގެއްލިގެން ހޯދަމުން ދިޔަކުއްޖެއް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފައިނު ކައުންސިލުން ބުނީ، ފަސް އަހަރުގެ ފިރިހެން ކުއްޖަކު، އެ ރަށު އަތިރިމަތީގައި އުޅުނީ އެ އުމުރުފުރައިގެ ދެ ތިން ކުއްޖަކާއެކުގައި ކުޅެންކަމަށާއި، ނަމަވެސް އޭގެ ކުޑަިއރުކޮޅެއްފަހުން އެކުއްޖާ ގެއްލުނީކަމަށެވެ. އަދި އެކުއްޖާހޯދަމުން އަންނަނިކޮށް ފެނުނީ މޫދުގައި މަރުވެފައި އޮއްވާކަމަށް ކައުންސިލުން ބުންޏެވެ.
ފައިނު ކައުންސިލުން ބުނީ އެ ކުޑަކުއްޖާ ފެނުނީ، ރައްޔިތުން ނިކުމެ ހޯދަމުން އައިތާ ބައި ގަޑިއިރެއްހާ ފަހުންކަމަށެވެ. އެއީ ހަވީރު 17:35 ހާއިރުކަމަށެވެ.
އެކުއްޖާ ފެނުނު ހިސާބުގައި ދެފޫތު ބައިހާތަން ފުންވާނެކަމަށް ކައުންސިލުން ބުންޏެވެ. އަދި އެގަޑީގައި އަތިރިމަތީގައިވެސް މީހުން އުޅުނުކަމަށް ކައުންސިލުން ބުންޏެވެ.
ކޮމެންޓު ފޮނުވާ