މުޒާހަރާ ކަވަރުކުރި ޗެނަލް 13ގެ ކެމެރާމަނަކަށް ބޮޑެތި އަނިޔާތަކެއް

މުޒާހަރާ ކަވަރުކުރި ޗެނަލް 13ގެ ކެމެރާމަނަކަށް ބޮޑެތި އަނިޔާތަކެއް

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2021 06:41
0

މިއަދު އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާ ކަވަރު ކުރަމުންދިޔަ ޗެނަލް 13 ގެ ކެމެރާމަނަކަށް ބޮޑެތި އަނިޔާތަކެއްލިބި އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ކެމެރާމަނަށް އަނިޔާވެފައިވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރޭގައެވެ. ފުލުހުން މުޒާހަރާގެ ތެރެއަށް ވަދެގަންނަން ކުރި މަސައްކަތުން މުޒާހަރާ ލައިވްކޮށް ދައްކުމަށް މަސައްކަތް ކުރި ކެމެރާމަން ފަހަރުން ފުލަހަކު ވަރަށް ބާރަށް ޖެހިގަތުމުން އޭނާ ބިންމައްޗަށް ވެއްޓި ވަނީ ހޭނެތިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އަދިވެސް ހޭ އަރާފައި ނުވައެވެ. މުޒާހަރާގައި އަނިޔާ ވެފައިވަނި ޗެނަލް13 ގެ ކެމެރާމަން މުހައްމަދު ޝަހީމް އަށެވެ.

މީގެ ކުރިން ކުރިންވެސް އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިންނާއި، މުޒާހަރާ ކަވަރު ކުރި ކެމެރާމަނުންނަށް ވަނީ އެކި ވަރުގެ އަނިޔާތަކެއް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Alibe
Fathi namaadhah huttatha aniyaavee
އ އަޑުސަރަކަ
މިސަރުކާރުން މުޒާހަރާ ކުރުމަކަށް، އަދި އަމުދުން ނޫސްވެރިންނަކަށް ހުރަހެއްް ނާޅާނެ!