އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރަމުންދާ ބޮޑު މުޒާހަރާގައި ގްރީން ޒޯނަށް މުޒާހަރާގެ ބައިވެރިން ވަނަ ނުދިނުމަށް ގިނަ އަދަދެއްގެ ފުލުހުން ނެރެ މުޒާހަރާގެ ބައިވެރިންނާއި ކުރިމަތިލުމަކަށް ގޮސްފިއެވެ.
ފުލުހުންދަނީ މުޒާހަރާ ވަގުތުން ހުއްޓާލައި އެއްވި މީހުން ތިބި ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދެމުންނެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ޖަހައި، މުޒާހަރާގެ ތެރެއަށް ވަދެ ބައެއް މީހުން ހައްޔަރު ކުރަނުންނެވެ. ގިނަ އަދަދެއްގެ ބަޔަކު އެއްވުމުން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންނަށް ވަނީ ބާރުގެ ބޭނުން ކުރަންޖެހިފައެވެ.

މުޒަހަރާގެ ބައިވެރިން ދަނީ ދިވެހި ދިދައާއެކީ އަޑު އުފުލައި މުޒާހަރާ ކުރަމުންނެވެ. ފުލުހުން ދަނީ ހުއްޓުމެއްނެތި އިންޒާރުދީ މުޒާހަރާ ރޫޅާލާނެކަމަށް ބުނަމުންނެވެ. އަދި މިއާއިއެކު ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ފުލުހުން ނުގަނާނެކަމަށްވެސް ވަނީ ބުނެފައެވެ. ރަޔާޓް ގިޔަރުގައި ގިނަ އަދަދެއްގެ ފުލުހުންގެ ހަރަކާތްތެރިވާއިރު، މުޒާހަރާގެ ބައިވެރިން ދަނީ ފުލުހުންގެ ޝީލްޑުގެ ފަހަތައް ޖައްސާލާފައެވެ.
އެއްވި މީހުންދަނީ ފުލުހުން ދޭ އިންޒާރަކަށް ބެލުމެއްނެތި އަޑު އުފުލަމުންނެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދޭން ބުނި ފްލެޓްތަކާއި، ބޯހިޔާވަހިކަމަށް ހިޔާނާތްތެރިވެފައިވާކަމަށްބުނެ އެއްވެފައިވާ މީހުން ދަނީ ގޮވާލަމުންނެވެ.
މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހުރަސް އެޅުުމުންމިހާރުވަނީ އަނެއްކާވެސް މާލޭގެ މަގުތަކަށް ނިކުމެ އަޑު އުފުލަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ