ފޯބްސް ޓްރެވަލް ގައިޑްގެ ހޮޓެލް އިންސްޓަގްރާމް އޮފް ދަ އިޔާ އިތާފުށްޓަށް

ފޯބްސް ޓްރެވަލް ގައިޑްގެ ހޮޓެލް އިންސްޓަގްރާމް އޮފް ދަ އިޔާ އިތާފުށްޓަށް

Author
ޢަލީ އާދަމް
19 ފެބްރުއަރީ 2021 03:27
0

ފޯބްސް ޓްރެވަލް ގައިޑްގެ "ހޮޓެލް އިންސްޓަގްރާމް އޮފް ދަ އިޔާ" ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަށް ލިބިއްޖެ އެވެ.

މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓަށް ފޯބްސް ޓްރެވަލް ގައިޑުން ދީފައިވާ މި އެވޯޑަކީ އެންމެ ފުރިހަމަ އިންސްޓަގްރާމް އެކައުންޓެއް ހިންގާ ޓޫރިސްޓް ހޮޓަލަކަށް ދޭ އެވޯޑެކެވެ. އެގޮތުން މި އަހަރުގެ "ހޮޓެލް އިންސްޓަގްރާމް އޮފް ދަ އިޔާ" އިތާފުށްޓަށް ލިބުނީ އެ ރިސޯޓްގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުގެ ރީތިކަމުގެ ސަބަބުންކަމަށް ފޯބްސްއިން ބުނެއެވެ.

އިތާފުށިން މި އެވޯޑް ހޯދާފައިވަނީ ދުނިޔޭގެ މަގްބޫލް 5 ތަނަކާއި ވާދަކޮށްގެންނެވެ. އަދި މި އެވޯޑަކީ ފޯބްސް މަޖައްލާގެ ކިއުންތެރިންގެ ވޯޓާއިއެކު ދޭ އެވޯޑެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ 40 މިނިޓްގެ ދުރުމިނުގައި ތަރައްގީކޮށްފައިވާ އިތާފުށި ރިސޯޓަކީ މަޝްހޫރު ހިލްޓަން ބްރޭންޑުގެ ދަށުން ހިންގާ ލަގްޒަރީ ރިސޯޓް ބްރޭންޑެއްކަމަށްވާ ވޮލްޑޯފް އެސްޓޯރިއާއިން ރާއްޖޭގައި ތަރައްގީކޮށް ހިންގަމުންދާ ރިސޯޓެކެވެ.

އިތާފުށްޓަށް ލިބުނު މި އެވޯޑްގެ އިތުރުން، ފޯބްސް ޓްރެވެލް ގައިޑް ސްޓާ އެވޯޑްގެ ގިނަ އެވޯޑްތަކެއްވެސް ވަނީ ރާއްޖޭގެ ރިސޯޓްތަކުން ހޯދާފައެވެ. އެގޮތުން ސްޓާ އެވޯޑް ރާއްޖޭގެ 14 ރިސޯޓަކުން ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.