ރައީސް ނަޝީދުގެ މެންދުރު ފަރީއްކޮޅު ގަލޮޅުކަންމަތީ ހޮޓަލުގައި

ރައީސް ނަޝީދުގެ މެންދުރު ފަރީއްކޮޅު ގަލޮޅުކަންމަތީ ހޮޓަލުގައި

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2021 02:19
0

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުކުރު ނަމާދަށްފަހު މެންދުރުގެ ފަރިއްކޮޅު އިންސާފު ކުރައްވާފައިވަނީ ގަލޮޅު ކަންމަތީ ހޮޅަލުގައެވެ.

ގަލޮޅަށް ނިސްބަތްވާ ރައީސް ނަޝީދަކީ ގަލޮޅުގެ އެކި އުމުރުގެ ބޭފުޅުންނާއި ވަރަށް ގާތްކޮށް އަބަދުވެސް އުޅުއްވާ ބޭފުޅެކެވެ. ރައީސް ނަޝީދު މިއަދު ހުކުރު ނަމާދަށްފަހު ގަލޮޅު ކަންމަތީ ހޮޓަލަށް ވަޑައިގެންނެވިއިރު، ހޮޓަލުގައި ތިބި މީހުންނާއި ވާހަކަ ދައްކައި ވަގުތުކޮޅެއް ހޭދަކުރައްވާފައިވެއެވެ. ޤައުމުގެ އިއްޒަތްތެރިންގެ ތެރޭގައި ހިމެނޭ މިފެންވަރުގެ ބޭފުޅުން ހޮޓާތަކަށް އެރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

ރައީސް ނަޝީދަކީ އާންމުކޮށް ހުކުރު ދުވަސްތަކުގައި މޫދަށް ދިއުމާއި، އެކުވެރިންނާއިއެކު ވަގުތު ހޭދަކުރުމަށް އިސްކަން ދެއްވާ ބޭފުޅެކެވެ. އަދި އެމަނިކުފާނު ދޭތެރެ ދޭތެރެއިން މާލޭގެ އެކި ހޮޓާލަތަށް ހެއިން ބެއްލެވުމަށް ވަޑައިގަންނަވައެވެ.

ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރައްވާ އެއް ލީޑަރުކަމަށް ގިނަ ރައްޔިތުން ޤަބޫލު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Name
Abadhuves dho