ޓްރާންސްޕޯޓުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގަމުންދާ ކަންކަން އިސްލާހު ނުކުރުމަކީ ސަރުކާރުން ކޮރަޕްޝަނަށް ޖާގަ ދިނުން ކަމުގައި ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ މާލޭގައި ގަރާޖުތަކަށް ކާރު ރަޖިސްޓްރީކުރުމުގައި 1 ގަރާޖަކަށް ހަތްދިހައެއްހައި ކާރު ރަޖިސްޓްރީކޮށްފައި ވާކަމުގެ ތުހުމަތާއެކު ޓްރާސްޕޯޓް މިނިސްޓްރީގެ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅެމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައެވެ.
ޒަރިޔަންދު ވިދާޅުވެފައިވަނީ ސަރުކާރަށް ވަގަށްގޮވުމުގެ ފުރުސަތުނުދީ ދައުލަތުގެ އިދާރީ އިންތިޒާމާއި ޚިލާފަށް ވެރިންގެ އާމްދަނީ އާއި ގުޅުވައިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގައި ހިންގަމުންދާ ކަންކަން އިސްލާހު ނުކުރުމަކީ "ކޮރަޕްޝަންގެ ހާއްޔެއްގައި ކޮރަޕްޝަންގެ ފަނިތައް ބިސްއަޅަން ފުރުސަތުދީގެން ތިބުން ކަމަށެވެ.
އާއްމު ފަރާތްތަކުގެ ޒާތީ މަޢުލޫމާތާއި، ދައުލަތުގެ ސިއްރާއި އަދި އެކިފަރާތްތަކުން ހިންގާފައިވާ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކުގެ ހެކި ދައުލަތުގެ ލިޔުންތަކުގައި ހުންނާނެއެވެ.
29 އޯގަސްޓް 2020ގައި "ވަޒީރަކު" އެ ވުޒާރާގެ ހުރިހާ ލިޔުމެއްގެ ކޮޕީ ގެޔަށް ގެންދިޔަ ބޭނުން ބަލަންޖެހޭ! pic.twitter.com/Or1wdj48Tz— Ismail Zariyand (@zariyand) February 19, 2021
އޭނާ ވިދާޅުވީ މަސައްކަތުގެ ތަޖުރިބާނެތް ބޭފުޅުން ސަރުކާރުގެ ވަޒީރުންނާއި ނައިބުންގެ ތެރޭގައި ތިބުމަކީ މައްސަލައެއްނޫން، މައްސަލައަކަށް މިވަނީ އެ ފަރާތްތަކުން އެ ހިންގާ ދެއުޅިއެއްނުވާ އަމަލުތަކާއި، ދިމާލަށް ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރަށް އަސަރުކުރާތީ ކަމަށެވެ. ޒަރިޔަންދުވަނީ އެކި ފަހަރު މަތީން ޓްރާސްޕޯޓް މިނިސްޓްރީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ހިންގަމުންދާކަމަށްބުނެ އެކަން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.
ރައްޔިތުންގެ މަޖިލީހަށް ޓްރަސްޕޯޓް މިނިސްޓްރީގެ މައްސަލަ ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުންނެވެ. މިބައްދަލުވުމުގައި ސަރުކާރުގެ އެކި ވުޒާރާތަކުގައިހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކުގެ ތެރެއިން ޓްރާސްޕޯޓް މިނިސްޓްރީއާ ގުޅުންހުރި ގިނަ ކަންބޮޑުވުންތަކެއް ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށް އޮންނަ އުސޫލުގައި ބޮޑެތި ކޮރަޕްޝަންތައް އެކުލެވިފައިވާކަމަށާ، ކާރު ޕާކް ކުރުމަށްޓަކައި ގަރާޖުތަކުގެ ހުއްދަ ދިނުމުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައްކަމެއް ހިނގާފައިވާކަން މިސާލާއެކު ކޮމިޓީއަށް ވަނީ ޙިއްސާކޮށްފައެވެ.
އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުންގެ ވާހަކަތަކާގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާޢިދުގައިވާގޮތުން ގްރޭޓަރ މާލެ ސަރަޙައްދަށް ވެހިކަލް ރަޖިސްޓަރީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅާ އެޕްލިކޭޝަންތަކާއެކު ވެހިކަލް ބާއްވާނެ ގަރާޖެއްގެ ހުއްދަ އޮންނަން ޖެހޭނެކަމަށް ބުނެފައިވާތީ، ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބަލަނީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމުގައެވެ.
ކޮމެންޓު ފޮނުވާ