ޝާހްރުކަށް އެންމެ މީރު ކެއުން އެނގޭތަ؟

ޝާހްރުކަށް އެންމެ މީރު ކެއުން އެނގޭތަ؟

މަޝްހޫރު ތަރިންގެ އެކިއެކި ކަންކަމަކީ ގިނަބަޔަކު ހޯދާ ބަލާހިތްވާ ކަންތައްތަކެކެވެ. އެމީހުންގެ ދިރިއުޅުމާއި، ރީތިވުމަށް ބޭނުންކުރާ އުކުޅުތަކާއި ހަށިގަނޑު ބަލަހައްޓާގޮތްތަކާއި، ލާ އަންނައުނު ފަދަ ކަންކަމަކީ އެމީހުންގެ ފޭނުން ހޯދާބަލާ އެކަންކަން ކޮޕީކުރެވޭތޯވެސް މަސައްކަަތްކުރާ ކަންކަމެވެ.

ހޮލީވުޑާއި ބޮލީވުޑްގެ އިތުރުން ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް މިކަންކަން ހިނގަނީ މިފަދަގޮތަކަށެވެ. މަޝްހޫރު ތަރިންނަށް އެންމެ މީރު ކެއުންތައް ފޮލޯކުރާ މީހުންވެސް މަދެއް ނޫނެވެ.

ބޮލީވުޑްގެ ރަސްގެފާނުްގެ ގޮތުގައި ނަން މަޝްހޫރި 3 ޚާނުންގެ ތެރެއިން ޝާހްރުކް ޚާނަކީ ދުނިޔޭގެ ގިނައަދަދެއްގެ ބަޔަކު ފޮލޯކުރަމުންގެންދާ ތަރިއެކެވެ. ނަމަވެސް ޝާހުރުކަށް އެންމެ މީރު ކާއެއްޗަކީ ކޯއްޗެއްކަން އެނގެނީ ކިތައް މީހުނަށް ބާ އެވެ؟

ޝާހްރުކް ޚާނަށް އެންމެ ކަމުުދާ ކެއުމަކީ ކުކުޅެވެ. ހާއްސަކޮށް ގްރިލްޑް ޗިކަން އަކީ ކޮންމެ ދުވަހަކު މެންދުރުގެ ކެއުމުގައި ޝާހްރުކްގެ ގޭގައި ހުރުން މަޖުބޫރު އެއްޗެކެވެ. އަދި ޝާހުރުކަށް ކަމުދާ އެހެން ބާވަތްތަކުގެ ކާއެއްޗެހި މެންދުރުގެ ކެއުމުގައި ކިތަންމެ ގިނައިން ހަދާފަހުރިނަމަވެސް "ކްރިސްޕީ ޖޫސީ ގްރިލްޑް ޗިކަން" އަކީ މަޖުބޫރު އެއްޗެސް ކަމަށް އަޑުަތައް ވަނީ ފެތުރިފައެވެ.

މީގެ އިތުރުން މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝާހްރުކް ބުނެފައި ވަނީ ތަންދޫރީ ޗިކަން އަކީ ވެސް އޭނާއަށް ވަރަށް ކަމުދާ އެއްޗެއް ކަމަށެވެ. އަދި އަހަރުގެ 365 ދުވަހުވެސް ތަންދޫރީ ޗިކަން ކެވިދާނެ ކަމަށް ޝާހްރުކް އޭރުވަނީ ބުނެފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކުކުޅަށް އޭނާ ވަނީ ދެވިހިފާފަ އެވެ.

މަަސައްކަތުގެ ދާއިރާއަށް ބަލާއިރު ދެއަހަރު ދުވަހު ބޮޑުސްކްރީނާ ދުރުގައި ހުރުމަށްފަހު ޝާހްރުކް މިހާރު މަސައްކަތްކުރަމުންދާ "ޕަތަން" އަކީ އެތައް ގޮތަކުން ތަފާތު ފިލްމެކެވެ. މި ފިލްމުގައި ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ފެންނާނެކަމަށް އިއުލާން ކޮށްފައި ވާއިރު، ފިލްމުގެ ފުރަތަމަ ޓީސަަރ ވީޑިއޯއެއްގެ ގޮތުގައި ގެނެސްދިނުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިހާރު ވަނީ ތައްޔާރުވެފައެވެ.

ޝާހްރުކް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ 2018 ވަނައަހަރުގެ ފިލްމު ޒީރޯއިންނެވެ. މި ފިލްމަށް އެންމެ އެދެވޭ ކާމިޔާބެއް ބޮކްސްއޮފީހުން ލިބިފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *