އާޓްފިޝަލްބީޗް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކެއްގެ ހާލު ސީރިއަސް

އާޓްފިޝަލްބީޗް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކެއްގެ ހާލު ސީރިއަސް

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2020 08:49
0

ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ވިދާޅުވީ އާރޓްފިޝަލް ބީޗް ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގެ ބައެއް ފޮޓޯތައް ސޯޝަލް މީޑީޔާގައި ދައުރުވަމުންދާއިރު އެކްސިޑެންޓްވީ ސައިކަަލާއި ވޭނެއް ޖެހިގެންކަމަށް މައުލޫމާތު ލިބެއެވެ. މިރޭ އިރުއޮއްސުނު ފަހުން ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ގައި ތިބި ދެ މީހުންނަށެވެ. ފުލުހުން ވިދާޅުވީ ސައިކަލާއި ވޭންވެސް ދުއްވަން ތިބީ ލައިސަން އޮތް މީހުން ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ދެމީހުންނަށް މިހާރު ފަރުވާދެމުންދާއިރު އެކެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ވިދާޅުވެއެެވެ. ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނީ އަންހެނަކަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ދެމީހުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.