ރިޔާސީ ބަޔާނުގެ ޖަވާބު އަންނަ ހަފްތާގައި ދިނުމަށް ތައްޔާރުވެއްޖެ

ރިޔާސީ ބަޔާނުގެ ޖަވާބު އަންނަ ހަފްތާގައި ދިނުމަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
18 ފެބްރުއަރީ 2021 12:27
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަހަރަށް މަޖިލިސް ހުޅުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނަށް އަންނަ ހަފްތާގައި މަޖިލީހުގެ މައިނޯރިޓީ ޕާޓީން ރައްދު ދެއްވުމަށް ހަމަޖެހިފައިވާކަމަށް އެކޯލިޝަނުން ހާމަކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ ބަޔާނަށް އަންނަ ހަފްތާގެ ޖަލްސާގައި ޖަވާބުދާރީ ވާނެކަމަށެވެ. އެގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނެކަމަށާއި، ރިޔާސީ ބަޔާނަށް ދެއްވާޖަވާބުން ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަންކަން ސާފު ކޮށްދެއްވުމަށް ތައްޔާރައް ތިއްބެވުމަށް އާދަމް ޝަރީފް ވަނީ އެދި ވަޑައިގެންފައެވެ.

ރިޔާސީ ބަޔާނަށް ޖަވާބު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް އަންނަ ހަފްތާގައި އިއްވާނެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ރިޔާސީ ބަޔާނުގެ ޖަވާބުގައި، ސަރުކާރުން އިތުރަށް ސާފުކޮށްދެއްވަން ޖެހޭ ކަންކަމަށް ބެލެވޭ ކަންކަމަށް ސަރުކާރުން ޖަވާބުދާރީ ވާނެކަމަށް އުންމީދު ކުރަން.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކާނު އިއްވެވި ތިންވަނަ ރިޔާސީ ބަޔާނުގައި ވަނީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. މިގޮތުން، 3211 ލަފުޒު ހިމެނޭ ރިޔާސީ ބަޔާނުގައި 2020 ވަނަ އަހަރު ސަރުކާރުން ކުރި މުހިންމު މަސައްކަތްތަކާއި 2021 އަށް ސަރުކާރުން ކަނޑައަޅާ އަމާޒުތަކުގެ ތަފްސީލުވެސް ދެއްވި އެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ މައްސަލަތަކާއި އެ މައްސަލަތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލުވެސް އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.

ނަމަވެސް، ހަގީގަތް ނުހިފޭ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ރިޔާސީ ބަޔާނުން ހާމަވީ ރައީސް ސޯލިހުގެ ސަރުކާރުގެ އެއްވެސް އަމާޒެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.