ވޯޓަކާއި ނުލައި އިންތިޚާބުކުރުން ޤާނޫނު އަސާސީއާއި ޚިލާފް: ހައިލަމް

ވޯޓަކާއި ނުލައި އިންތިޚާބުކުރުން ޤާނޫނު އަސާސީއާއި ޚިލާފް: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
18 ފެބްރުއަރީ 2021 10:23
0

ޤާނޫނު އަސާސީގައި ކައުންސިލް ތަކަށް އައްޔަން ކުރެވޭނީ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާ މެމްބަރުންކަމަށް ކަނޑައެޅިގެން ބުނެފައި ވަނިކޮށް އިންތިޚާބަކާއި ނުލައި، ގޮޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަކީ ޤާނޫނާއި ޚިލާފް ކަމެއްކަމަށް ކްރިމިނަލް ކޯޓިގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އިންތިޚާބު ލަސްވެ ފަސްވަމުންދާތީ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ނަގާފައެވެ. ނަން ބައެއް ދާއިރާތަކުގައި ނަން ނެގުމުގެ ސަބަބުން އެ ދާއިރާތަކުގެ ގޮޑިތައް ވަނީ ބައެއް މެމްބަރުންނަށް ކަށަވަރުވެފައެވެ. އަދި އިލެކްޝަނުން ވަނީ އެ ގޮޑިތަކަށް އެ މެމްބަރުން އިންތިޚާބު ވެފައިވާކަމަށްވެސް އިއުލާން ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާއިރު އެއާއި ޚިލާފަށް އިންތިޚާބުވެފައިވާކަމަށް ބުނަމަކީ ޤާނޫނާއި ޚިލާފަށް ކުރެވޭ ކަމެއްކަމަށެވެ.

ރައްޔިތުންގެ ސިއްރު ވޯޓުން އިންތިޚާބުކުރުން ޤާނޫނު އަސާސީން ލާޒިމްކުރާ މަޤާމަކަށް ކުރިމަތިލާ ފަރާތްތައް ނަން އަނބުރާ ގެންދިޔުމަކީ، ނަން އަނބުރާ ނުގެންދާ ފަރާތާމެދު ދާއިރާގެ ރައްޔިތުން ބަސް(ވޯޓުން)ހޯދުމަކާނުލައި، އިންތިޚާބުވާންޖެހޭ ސަބަބެއް ނޫން.

– ހައިލަމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމިޤްރާތީ އުޞޫލުތަކުގެމަތީން، ސިއްރުވޯޓަކުން އިންތިޚާބުކުރާ މެންބަރުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުން ތަރައްޤީކުރާ ކޮމެޓީތަކުގެ އިންތޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި 308 ނަމެއް ނަގާފައިވާކަމަށެވެ.

ގިނަ އަދަދެއްގެ ކެނޑިޑޭޓުން ނަން ނެގުމުން ކައުންސިލް އިންތިޚާބުގެ 10 މަގާމަކަށް 15 ކައުންސިލަރުން ހޮވިފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ. މީގެތެރެއިން 8 ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު އަނެއް 7 ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. މި އަދަދުތަކާއި އެކު ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުން މިވަނީ މިހާރު ގޮނޑި ކަށަވަރުވެފައިވާކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Q Qaanoonu
Hailam ah thiulhenee olhigen. Vote akaa nulaa MDP ah gondi kaamiyaabuvun ekani qaanoon asaasee aa hilaafuvaanee. PPM ah hilaafeh nuvaane. Ragalhah gaanoon asaasee dhaskohlaa eyrun egeyne