ކޯވިޑްގެ ދެވަނަ ޑޯޒް ޖަހާނީ 8 ހަފްތާފަހުން: ނަޒްލާ

ކޯވިޑްގެ ދެވަނަ ޑޯޒް ޖަހާނީ 8 ހަފްތާފަހުން: ނަޒްލާ

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2021 10:17
0

ކޯވިޑް-19 ގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާފަހުން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދައްލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ އެންމެ ފަހުގެ ދިސާރާތަކާއި، ޑަބްލިއުއެޗްއޯގެ މަޝްވަރަތަކަށްފަހު ދެވަނަ ޑޯޒް ޖަހާނީ 8 ހަފްތާފަހުންކަމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން ރާއްޖޭގައި ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ވެކްސިން ދޭނީ 8 ހަފްތާ ފަހުންކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

އަދި މޯލްޑިވިއަން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން މިގޮތަށް ނިންމީ އެންމެ ފަހުން ވެކްސިންއާ ގުޅިގެން ޢާއްމުކޮށްފައިވާ ދިރާސާތަކާއި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ މިދިރާސާތަކުން ވެކްސިންގެ އަސަރު ކުރާ މިންވަރު އެންމެ ރަނގަޅުކަމަށް އަދި ރައްކާތެރިކަން ލިބޭ މިންވަރު އިތުރުކަން ބޮޑުކަމަށް ދައްކަނީ 8 ހަފްތާފަހުންކަމަށެވެ.

ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ފަށާފައިވާއިރު މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެކްސިން ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ވެކްސިންދޭން ފެށިފަހުން މިހާތަނަށް 50 ހާހަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާއިރު ފުރަތަމަ މިވެކްސިން ދިން މީހުންނަށް 8 ހަފްތާ ހަމަވެ ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނީ އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.