އައްޑޫ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން އިތުރު 7 ދުވަހަށް މެދުކަނޑާލައިފި

އައްޑޫ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން އިތުރު 7 ދުވަހަށް މެދުކަނޑާލައިފި

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2021 08:12
0

އައްޑޫސިޓީގައި ކޯވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުން އިތުރު 7 ދުވަހަށް މިސްކިތްތަކުގައި ނަމާދުގެ ޖަމާޢަތްތައް ނުހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ނަމާދުގެ ޖަމާޢަތްތައް ނުހެދުމަށް އަންގަވާފައިވަނީ އައްޑޫސިޓީގައި ކޯވިޑް-19 ފެތުރި އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާތީއާއި ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވާތީކަމަށެވެ. އަދި މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް މިއަދު މަޢްރިބް ނަމާދުން ފެށިގެން މިމަހުގެ 23 ވާ އަންގާރަ ދުވަހުގެ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް އައްޑޫސިޓީގެ ހުރިހައި މިސްކިތެގައި ޖަމާއަތް ނުހެދުމަށް ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިޙާލަތުގައިވެސް މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ  މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވާފައެވެ.

މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާ، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރިނަމަވެސް ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފައި، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.