އިސްސަފުގެ އެންމެން ހައްޔަރުކުރިޔަސް އިޙްތިޖާޖުތައް ހުއްޓާނުލާނަން: އިދިކޮޅު

އިސްސަފުގެ އެންމެން ހައްޔަރުކުރިޔަސް އިޙްތިޖާޖުތައް ހުއްޓާނުލާނަން: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2021 08:07
0

އިދިކޮޅު ކޯލިޝަންގެ އިސްސަފުގައި ޙަރަކާތްތެރިވާ އެންމެން ހައްޔަރު ކުރިއަސް ކުރަމުންދާ ސުލްޙަވެރި އިޙްތިޖާޖުތައް ހުއްޓާނުލާ ކުރިއަށްދާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކުރިއަށް ގެންދާ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން އިއްޔެ ހަވީރު ހައްޔަރުކުރި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ދޫކޮށްލަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ހަވީރު ސުލްޙަވެރިކަމާއެކު، އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުންގެ މަތިން އިޙްތިޖާޖު ކުރަމުންދަނިކޮށް ފުލުހުންވަނީ އިޙްތިޖާޖުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލްގެ ބަންދަށް މިއަދުވަނީ ކޯޓުން 3 ދުވަސް ޖަހާފައިކަމަށާއި، މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް މުޙައްމަދު އިސްމާޢީ ވަގުތުން ދޫކޮށްލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މުޙައްމަދު އިސްމާޢީލު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖެހުމަކީ މިސަރުކާރު ވަރަށްބޮޑަށް ބަލިކަށިވެ ހަދާނެގޮތް ހުސްވެގެން ވާދަވެރި ކޯލިޝަންގެ އަޑު ކަނޑުވާލާ ބިރުދެއްކުމަށް ހިންގި ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް. އަދި ޖުޑިޝަރީ ޙިސާރުކޮށް ސަރުކާރުގެ ޚުދުމުޚުތާރު ކަން މުޅި ސިސްޓަމްގެ ތެރެއަށް ބާނާލާފައިވާކަން ސާފުކޮށްދޭ ކަމެއް.

– އިދިކޮޅު ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޙައްމަދު އިސްމާޢީލް އާއި ކޯލިޝަންގެ އިސްސަފުގައި ޙަރަކާތްތެރިވާ އެންމެން ހައްޔަރު ކުރިއަސް ސުލްޙަވެރި އިޙްތިޖާޖުތައް ހުއްޓާނުލާ ކުރިއަށްދާނެކަމަށެވެ. އަދި މިސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.