ހަތަރު އަހަރުގެ މެދުކެޑުމަކަށްފަހު ކޮމަންވެލްތު ބައްދަލުނުންތަކަށް ރާއްޖެ

ހަތަރު އަހަރުގެ މެދުކެޑުމަކަށްފަހު ކޮމަންވެލްތު ބައްދަލުނުންތަކަށް ރާއްޖެ

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2020 07:42
0

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮނަމްވެލްތާއިއެކު އޮތް ގުޅުން ކަނޑާލިފަހުން ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮމަންވެލްތް ބައްދަލުވުމެއްގައި މިއަދު ބައިވެރިވެއްޖެ އެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުމަށްފަހު ބޭއްވި އެޖަމްޢިއްޔާގެ ޚާރިޖީ ވަޒީރުންގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓރަ އަބްދުﷲ ޝާހިދު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި، މި ބަލިމަޑުކަމުގެ ސަބަބުން ކުދި ޤައުމުތަކަށް ލިބުނު ގެއްލުންތަކާއި، މޫސުމީ ބަދަލުތަކަށް ރިޢާޔަތްކުރެވޭ ގޮތްތައް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރުކަމަށާއި، އެޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ކުދި ގައުމުތަކަށް ލިބުނު ގެއްލުންތަކާ މޫސުމީ ބަދަލުތަކަށް ރިއާޔަތްކުރެވޭ ގޮތަށް އެ ބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރު ކަމަށާއި، އެ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތަށް ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުންނާއި، އަދި ސެކްރެޓަރީ ޖެނެރަލް ކުރެއްވި މިންނެތް މަސައްކަތް ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮމަންވެލްތަކީ ކުދި ޤައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމްޢިއްޔާއެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރިއެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.