ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއިއެކު ސިޔާސީ އެކި އެކި ބޭފުޅުންނަށް ކުރެވޭ ބޮޑެތި ދައުވާތަކަށް އަނބުރާ ގެންގޮސް ފައިލް ކުރުމުން ޕީޖީ އޮފީހުން ދައުވާތައް ކޮށްފައިވަނީ ކޮން ނިޔަތެއްގައިކަން ވަރަށް ރަނގަޅަށް ހާމަވާ ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހްމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
މިސަރުކާރަށާއި، ޝަރުއީ ދާއިރާގައި ހުންނަ މައްސަލަތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންދާ ހައިލް ވިދާޅުވީ މީގެ ކުރިން ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ބޮޑެތި ޓެރަރިޒަމްގެ ދައުވާތައް އުފުލުުނު ސިޔާސީ ބޭފުޅުންނާއި، ޖިނާއީ އެކިއެކި ދައުވާތައް އުފުލުނު ބޭފުޅުން ހުދު ކާފޫރަށްވެފައިވާކަމީ ޕީޖީން މިދައުވާތައް ކުރިން ކޮށްފައިވާ ނިޔަތާއިމެދު ސުވާލު އުފެދޭ ކަމެއްކަމަށެވެ. ސިޔާސީ އޮއިވަރު ބަދަލުވާ ކޮންމެ ފަހަރަކު ކުރެވޭ ދައުވާތަކަށް ބަދަލު އަންނަ ނަމަ މިއީ ދައުވާ އުފުލަން ތިބޭ ފަރާތާއިމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއްކަމަށް ހައިލަމް ވިދާޅުވި އެވެ.
ސިޔާސީ އޮއިވަރު ބަދަލުވުމުން މިހާރު ވެރިކަންކުރާ ކޯލިޝަންގެ ބައިވެރިންގެ މައްޗަށް ޕީޖީ އޮފީހުން ކޮށްފައިވާ ޓެރަރިޒަމާއި އެހެނިހެން ދަޢްވާތައް އަނބުރާ ގެންގޮސް ފައިލްކުރުމުން، އެ ދަޢްވާތަކަކީ ނުބައި ނިޔަތުގައި މެލިޝަސް ޕްރޮސިކުއަޝަންގެ ގޮތުގައި ކޮށްފައިވާ ދަޢްވާތަކެއްކަން ސާފުވެގެންދޭ
– ހައިލަމް
ހައިލަމް މިގޮތަށް ވިދާޅުވެފައިވަނީ ރިޔާސީ ލޯންޗު ފިނިފެންމާ ގޮއްވާލި މައްސަލާގައި ހެކި ނައްތާލި ކަމަށް ބުނެ ދައުވާ އުފުލާފައިވާ ތިން މީހުންނާއި ގުޅުންހުރި ހެކި ނެތި ތަފާތުކޮށް އަމަލު ކުރަމުންދާތީ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ހިތްހަހަމަ ނުޖެހުން ފާޅުކުރުމުންނެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދައުލަތާމެދު ހިތްހަމަ ނުޖެހިވަޑައިގެން ވަރަށް ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. އެގޮތުން އެއް ހެކިތަކެއްގެ މައްޗަށް ދައުވާ ކުރި ތިން މީހުންނާއި މެދު ތަފާތު ގޮތްގޮތަށް އަމަލު ކުރަނީ ކީއްވެގެންތޯ އާއި އެއީ ކޮން އުސޫލަކުންތޯ އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި ހެކި ނެތި ދައުލަތުން ސްޓޭންޑާޑް ބަދަލު ކުރަން އުޅޭ ކަމަށްބުނެ ފަނޑިޔާރު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ހައިލަމް މިފަދަ ތުހުމަތުތަކެއް ކުރައްވާފައިވާއިރު މިވެރިކަން އައުމާއިއެކު ޓެރަރިޒަމްގެ ކުށުގައި13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް ނަޝީދުގެ ހުކުމްވެސް ވަނީ އަލުން މުރާޖާކޮ ރައީސް ނަޝީދު މިނިވަންކޮށްފަ އެވެ. އަދި ކުރީގެ ރައީސް މައުމުނާއި، ނަދީމްއާއި، ފާރިޝްގެ މައްޗަށްކުރި ޓެރަރިޒަމްގެ ދައުވާތައްވެސް ޕީޖީ އޮފީހުންވަނީ ނަގާފައެވެ.
ކޮމެންޓު ފޮނުވާ