ކާފިއު ގަޑީގައި ބޭނުންކުރުމަށް ނޫސްވެރިންނަށް ޚާއްޞަ ފާހެއް ދޫކުރަނީ

ކާފިއު ގަޑީގައި ބޭނުންކުރުމަށް ނޫސްވެރިންނަށް ޚާއްޞަ ފާހެއް ދޫކުރަނީ

Author
މުޙައްމަދު ޖިމީ
17 ފެބްރުއަރީ 2021 11:50
0

ކާފިއު ގަޑީގައި ނޫސްވެރިން ބޭނުންކުރުމަށް ޚާއްސަ ފާހެއް ދޫކުރުމަށް ނިންމައިފިއެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލުން ބުނީ، ބޭރުގައި އުޅުން މަނާ ގަޑިތަކުގައާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައި ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ފުލުހުންނާއި ބައްދަލުކޮށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިމަހުގެ 23ގެ ފަހުން ނޫސްވެރިން ބޭނުން ކުރުމަށް ޚާއްސަ ފާހެއް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެކަމަށް ޚާއްސަ އިޖުރާއަތްތަކެއް ކަނޑައެޅުމަށްވެސް ނިންމާފައިވާކަަމށް މީޑިއާ ކައުންސިލުން ބުންޏެވެ. އަދި މި ފާހަށް އެދި ހުށަހެޅުމުގެ ފުރުސަތު މީޑިއާ ތަކަށް ހުޅުވާލާނެކަމަށްވެސް މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.

މީޑިޔާ ކައުންސިލުންވަނީ ކޯވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާ މި ދުވަސްވަރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކޮށް އެއްބާރުލުން ދިނުމަށް ހުރިހާ މީޑިއާތަކަށް ގޮވާލާފައެވެ. އަދި ނޫސްވެރިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ފާހަކީ ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ދޫކުރާ ފާހަކަށް ވާއިރު ނަހަމަ ގޮތުގައި ފާހުގެ ބޭނުން ނުކުރުމަށްވެސް މީޑިއާ ކައުންސިލުންވަނީ ހުރިހާ ނޫސްވެރިންނަށް އިލްތިމާސް ކޮށްފައެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ، އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ހަރުކަސިކޮށްފައެވެ. އެގޮތުން އިރުއޮއްސި 6 އިން ފެށިގެން ފަތިހު 6 އާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ މަނާ ކަމެއްކަމެކެވެ. އަދި ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އާއި ހަމައަށް މަގު މައްޗަށް ނުކުތުމާއި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.