ހިޔާ އިން ފްލެޓް ނުލިބުނު މީހުން، ދެން އަންނަ މަޝްރޫޢުގައި ހިމެނޭނެ

ހިޔާ އިން ފްލެޓް ނުލިބުނު މީހުން، ދެން އަންނަ މަޝްރޫޢުގައި ހިމެނޭނެ

Author
މުޙައްމަދު ޖިމީ
17 ފެބްރުއަރީ 2021 11:06
0

ސަރުކާރުން ކުރިއަށްހުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނީ ހިޔާ މަޝްރޫގެ ދަށުން ފްލެޓަށް އެދި ހުށައެޅާ ފްލެޓް ނުލިބޭ މީހުންވެސް އައު ލިސްޓްގައި ހިމެނޭގޮތަށްކަމަށް މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔާ މަޝްރޫޢުއާއި ގުޅޭގޮތުން މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫގެ ތެރެއިން ފްލެޓް ލިބޭނެކަމަށް ބުނެ ލިޔުން ހަވާލުކުރި ބައެއް މީހުންނާއި، %50 އިން މަތިން މާކްސް ނުލިބި ފްލެޓް ލިބިފައިނުވާ މީހުން އެބަތިބިކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން އެމީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އައު މަޝްރޫޢުއެއް އަންނައިރު، ކުރިން ފޯމް ލީ މީހުންގެ ޙަލަތަށް ބަދަލު އައިސްފައި ހުރުމަކީ އެކަށީގެންވާކަމަށާއި، ނަމަވެސް އެ ފްލެޓްތަކަށް ކުރިމަތިލި މީހުން ބާކީވިޔަ ނުދެއްވާނެކަމަށެވެ. އެއީ ބޯހިޔާވަހިކަން ބޭނުންވާ ބައެއްކަން ސަރުކާރަށް ވިސްނޭކަމަށްވެސް މިނިސްތަރ ވިދާޅުވިއެވެ.

އެއް އަހަަރު ފަހުން އޭގެތެރެއިން މީހެއްގެ ދިރިއުޅުން ވރަށް ބޮޑަށް ބަދަލުވެފާނެ. އެހެންނަމަވެސް އޭނާގެ ދިރިއުޅުމުގެ ހާލަތު ބަދަލުވިތޯއާއި، އޭނާއަށް ބޭނުންވޭތޯ ބެލުމަށް އޭނާއަކީ ހުރި މީހެއްގެ ގޮތުގައި ބަލައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނީ. ނަމަވެސް 6720 ފްލެޓްގެ އިވެލުއޭޝަން ކްރައިޓީރީއާ ނުހުރެދާނެ. ކޮންމެސްވަރަކަށް ބަދަލުވެދާނެ.

– ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް

ހިޔާ މަޝްރޫގެ ފްލެޓްތަކާއި ގުޅޭގޮތުން ވާހަކފުޅު ކުރިއަށް ގެންދަވަމުން މިނިސްޓަރ ވިދާޅުވީ، ކުރީ ސަރުކާރުގައި ވަރަށް ދަށުން މާކްސް ލިބުނު މީހުންނަށްވެސް ފްލެޓް ލިބޭކަމަށް ބުނެ ލިޔުން ހަވާލުކޮށްފައި އެބަހުރިކަމަށާއި، ނަމަވެސް މިހާރު ސަރުކާރުގެ ކެބިނެޓުން ނިންމާފައިވަނީ، ފްލެޓް ލިބޭނީ އެކަމަށް ކަނޑައަޅާ ޝަރުތުތަކުގ ެތެރެއިން %50 އިން މަތިން މާކްސް ލިބޭ މީހުންނަކަމަށެވެ. އެހެންކަމުން %50 އިން ދަށުން މާކްސް ލިބޭ މީހުންނަށް ފްލެޓް ނުދިނުމަށް ކެބިނެޓުން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާ މަޝްރޫޫގައި އެއް ކޮޓަރީގެ ފްލެޓްތަކަށްކުރިމަތި ލާފައިވާ މީހުންނަށް ފްލެެޓް ދިނުމަށް ކަނޑައަޅާފައިވަނީ ކުންފުނިތަކުން ޢިމާރާތްކުރާ ފްލެޓަތަކުންކަމަށާއި، ނަމަވެސް އޭގެ ތެރެއިން ގިނަ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިވަގުތު މަސައްކަތްކުރިއަށްދަނީ އެންމެ ދެ ކުންފުންނެއްގެ ފްލެޓްގެ މަސައްކަތްކަމަށެވެ. އަދި ސަރުކާރުން ނިންމާފައި އޮތީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޢިމާރާތްކުރާ ފްލެޓްތަކުގެ އެއްކޮޓަރީގެ އެޕާޓްމަންޓްތައް ސަރުކާރުން ގަތުމަށްފަހު ދޫކުރުމަށްކަމަށް މިނިސްޓަރ ވިދާލުވިއެވެ. އެގޮތުން އެމްޑަބްލިއުއެސްސީގެ ފްލެޓްކުގައި އެއްކޮޓަގަރީގެ 36 ފްލެޓެއް ހިމެނޭކަމަށާއި، އެ ފްލެޓްތަކުގެ ތެރެއިން 34 ފްލެޓް ދޫކުރުމަށް ކަނޑައަޅާފައި މިހާރު ވަނީ ނުކުޅެދުންޔެރިކަން ހުންނަ މީހުންގެ ބައިން އެއް ކޮޓަރީގެ ފްލެޓަށް ކުރިމަތިލާފައިވާ މީހުންނަށްކަމަށެވެ. އަދި އަނެއް ދެ ފްލެޓް ދޫކުރާނި މާލޭ ރަށްވެހިންގެތެރެއިން އެންމެ މަތިން މާކްސް ލިބުނު ދެފަރާތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެެ.

ގިނަ އެސްއޯއީ ތަކުންކުރިއަށް ގެންދަން ބޭނުމެއް ނުވ، އެއީ އޭރުގެ އިންތިޚާބާއި ދީމާކޮށް ކުންފުނިތަކުގެ ބޮލުގަ އަޅުވާފައިވާކަމަށް ޤަބޫލުކުރެވޭތީ. އެމްޑަބްލިއުއެސްސީގެ 36 ފްލެޓެއް ހިޔާގައި އެބައިން. ކުރިން އެއބްސްވެފައިވަނީ އެއް ކޮޓަގަރީގެ ތަންތަން ގަތުމަށްކަމަށް. އެގޮތުން އެވެއިލަބަލް 36 ތަން އެއީ މަދު ޢަދަދަކަށްވާތީ އެކަން ކުރުމަށް އެންމެ އެކަށީގެންވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ މީހުންނަށް ދޫކުރުމަށް. އެއީ އެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެއްކޮޓަރީގެ ކެޓަގަރީން 50 އަށްވުރެ މަތިން މާކްސް ލިބިފައިވަނީ 34 ފަރާތަކަށް. އޭރުން އެ ކެޓަގަރީ އެއްކޮށް ހައްލުވާނެ. އެހެންކަމުން އެފަރާތްތަކަށް އެ ފްލެޓް ދިނުމަށްފަހު ބާކީ ދެ ފްލެޓް މާލޭގެ ރަށްވެހިންގެ ތެރެއިން އެއްކޮޓަގަރީގެ ލިސްޓްއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ދޫކުރުމަށް ކެބިނެޓުން ނިންމާފައިވަނީ.

– ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 16 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ހިޔާ މަޝްރޫޢގައި ޢިމާރާތްކުރި 7000 ފްލެޓަށް 25 ހާހަސްވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެޔޮޅު
މީހުން ފޮނުވާ ޚިޔާލު ކޮބާތޯ ފެންނާކަށް ނުހުރެ.؟