ޓާފް ރޯލް ވެއްޓި ޒަޚަމްވި ޒުވާނާ ނިޔާވެއްޖެ

ޓާފް ރޯލް ވެއްޓި ޒަޚަމްވި ޒުވާނާ ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
17 ފެބްރުއަރީ 2021 08:46
0

މާލޭ ވިޔަފާރި ބަނދަރު (އެމްޕީއެލް)ގައި  ޓަރފް ރޯލެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދަނިކޮށެވެ.

ނިޔާވެފައިވަނީ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން ޢަލީއެވެ. އިމްރާން ނިޔާވީ އައިޖީއެމްއެޗްގެ އައި.ސީ.ޔޫގައި ފަރުވާދިނުމަށްފަހު، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާދެމުންދަނިކޮށް ރޭ ދަންވަރު 1:30 ހާއިރެވެ. އޭނާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މާލޭ ވިޔަފާރި ބަނދަރުގައި 4 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވެފައިވާ އިމްރާނަކީ“މިނާ އިންވެސްޓްމަންޓް“ ގުރޫޕުގެ މަސައްކަތްކުރާ މީހެކެވެ. އިމްރާންގެ ގައިމައްޗަށް ކާޕެޓް ރޯލެއް ވެއްޓުނު ހާދިސާއާއި ގުޅިގެން މިނާ އިންވެސްޓްމަންޓް ގުރޫޕާއި، އެހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރަމުންދިޔަ އެކުންފުނީގެ މުވައްޒަފުން ވަނީ  ސަސްޕެންޑްކޮށްފައެވެ.

އެމްޕީއެލް ސަރަހައްދުގައި މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭގެ ދަންވަރު ހިނގި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގްކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ޤަވާއިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.