ފަޅުރަށެއްގައި މަރާލާފައި އޮތް ބިދޭސީއަކު ފެނިއްޖެ

ފަޅުރަށެއްގައި މަރާލާފައި އޮތް ބިދޭސީއަކު ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 07:59
0

މަރާލާފައި އޮތް ބިދޭސީއަކު ފަޅު ރަށަކުން ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ވ.ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށި ގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު 11:02 އެހާ ކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ބިދޭސީއެއްކަމަށް ބެލެވޭ އެމީހާގެ ހަށި ގަނޑު ފެނިފައިވަނީ އެރަށަށް ދަނޑި ކަޑަން ގޮސް އުޅުނު ބަޔަކަށް ކަމަށް ފުލުހުން ބުނެއެވެ.

މިމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.