މީހަކާއި އެކު އޮޔާދިޔަ ޑިންގީއެއް ކަނޑުމަތިން ފެނިއްޖެ

މީހަކާއި އެކު އޮޔާދިޔަ ޑިންގީއެއް ކަނޑުމަތިން ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 06:59
0

މީހަކާއިއެކު އޮޔާ ދިޔަ ޑިންގީއެއް ކަނޑުމަތިން ފެނިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ވ.އަންބަރާ ކައިރިން ދަތުރު ކުރަމުންދިޔަ "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީއަކަށް، ހާލުގައި ޖެހި އޮޔާދާ ޑިންގީއެއްގައި ބިދޭސީ މީހަކު އިންދާ ފެނިގެން އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓްގާޑުން ހަރަކާތްތެރި ވަމުންދާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު އިރު އޮއްސެން އުޅެނިކޮށް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ޑިންގީ ވ.ފުލިދޫއަށް މިހާރުވަނީ ގެންގޮސްފައެވެ. އެމީހާ އަތުގައި ހުރި ޑޮކިއުމަންޓަށް ބަލާއިރު އެއީ ލަންކާ މީހެއްކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.