ޓިވެޓާއި ގުޅިގެން އެސްޓީއޯއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ

ޓިވެޓާއި ގުޅިގެން އެސްޓީއޯއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 01:22
0

ޓެކްނިކަލް އެންޑް ވޮކެޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގް އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް. ޓީ. އޯ) އާއި އެކު ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސް.ޓީ.އޯ އެޕެރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރ އާމިނަތު އާސްރާއެވެ. އަދި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ.

އެސްޓީއޯ އެޕެރެންޓިސްޝިޕް ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ފުލްޓައިމް އެންޕްލޯޔާ ބޭސްޑް ޓްރެނިންގް" (މަސައްކަތު މާހައުލުގައިދެވޭ ތަމްރީނު) ޕްރޮގްރާމް އެއްގެގޮތުގައިއެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ މާހައުލުގައިއުޅެމުން މަސައްކަތުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ވަޒީފާގެ ދާއިރާގެ މަސައްކަތާއި ގުޅޭގޮތުން އިތުރަށް އުގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓިވެޓް އޮތޯރިތީގެ ނެޝަނަލް ކޮންޕީޓަންސީ ސްޓޭންޑަރޑްގެ މިންގަނޑުތަކާއި އަދި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިންގަނޑުތަކާއި އެއްގޮތަށެވެމިއަހަރު ޓެކްނިކަލް އެންޑް ވޮކެޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގް އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އާއި ސްޓޭޓް ޓްރޭޑިންގް އޯގަނިޒޭޝަން (އެސް. ޓީ. އޯ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި 50 ބައިވެރިނަށް 4 ދާއިރާއަކުން ތަމްރީން ދެވިގެންދާނެއެވެ.

މި 4 ދާއިރާގެތެރޭގައި ހިމެނެނީ:

  • އޮޓޯމޯޓިވް މެއިންޓަނެންސްގެ ދާއިރާއިން 10 ބައިވެރިން.
  • ކޮންޕިއުޓަރ ހާރޑްވެޔަރ އެންޑް ނެޓްވޯކިންގްގެ ދާއިރާއިން 2 ބައިވެރިން.
  • އިލެކްޓްރިޝަންގެ ދާއިރާއިން 2 ބައިވެރިން.
  • ރީޓެއިލް ސަރވިސަސް ގެ ދާއިރާއިން 36 ބައިވެރިންނެވެ.
  • މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްއިން ފާސްވާ ބައިވެރިންނަށް ލެވެލް 3 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ ވަޒީފާގެ ބާޒާރަށް ދިވެހީން ބިނާކޮށް އަދާ ކުރާ ވަޒީފާއަކާއި ގުޅޭ ތަމްރީނު ލިބިފައިވާ ފެންވަރު ރަނގަޅު ދިވެހިން އިތުރުކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.