ރައްޔިތުންނަށް ހެޔޮ އެދޭނަމަ އަވަހަށް ވެރިކަން ނިންމާލަދެއްވާ: ޑރ.ޖަމީލް

ރައްޔިތުންނަށް ހެޔޮ އެދޭނަމަ އަވަހަށް ވެރިކަން ނިންމާލަދެއްވާ: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 12:24
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މިދައުރު ނިމޭއިރު ދިވެހި ރައްޔިތުން ތިބޭނީ ގޮތް ހުސްވެ ކަނޑުވެފައިކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ފުރިހަމަ ތަރައްޤީއެއް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރައީސްކަމުގެ ދެ ދައުރު ދެއްވަންޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެ ދެއްކެވި ވާހަކަތަކައް ރައްދު ދެއްވަމުން ޑރ.ޖަމީލް ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގެ ދައުރަކީ މިހާތަނަށް ދިވެހި ތާރީހު ދުށް އެންމެ ލަސް ސަރުކާރުކަމަށެވެ. ތަރައްޤީގެ ކަންކަން ކުރުމުގައި އެއްވެސް ވިސްނުމެއް ފިކުރެއްނެތި މަސައްކަތުގެ ސްޕީޑު މިހާރު ލަސް ސަރުކާރެއް ދިވެހި ތާރީހުވެސް ނުދެކޭކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޞާލިހަށް އިތުރު ދައުރެއް ދިނުމުގެ ބަދަލުގައި ވިސްނަވަންވީ މިހާރު ހިނގަމުންދާ ދައުރުވެސް އަވަހަށް ނިންމާލައި ވެރިކަމުން ދުރައްދެވޭނެ ގޮތެއް ހޯދުންކަމަށެެވެ. އެހެންނޫން ކަމުގައިވާނަމަ ދިވެހި ރައްޔިތުންނަށް އެތަކެއް ދަތިތަކާއި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ މިހާތަނަށް ނުދެކޭހާ ލަސް އަދި ވިސްނުންކޮށި ބޭފުޅެއްކަން މިވީހާތަނުން ސާބިތުވެއްޖެ. ރައީސް ޞާލިހުގެ މި 5 އަހަރު ނިމޭއިރު ދިވެހިން ތިބޭނީ ކަނޑުވެފައި. ރައްޔިތުންނަށް ހެޔޮއެދޭނަމަ އެގްޒިޓް ޕްލޭންކުރައްވާ؛ އިތުރަށް 5 އަހަރަށް ރައްޔިތުންނަށް ވޭންދިނުމަކީ އޯގާތެރި ސިފައެއްނޫން.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ، ވެރިކަމުގެ ނިޒާމް ހިނގަމުން އަންނަގޮތުން ތަރައްޤީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަމަށެވެ. އެގޮތުން ފަސް އަހަރުގެ ދެ ދައުރު ފުރިހަމަކުރެވުނު ވެރިއެއް ރާއްޖޭގެ ޑިމޮކްރަސީގައި ނެތްކަމަށާއި، ވެރިކަމުގެ އެއް ދައުރަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެކަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ އެނގިގެންދާނެކަމަށާއި، ދެވަނަ ދައުރުގެ ކެމްޕެއިންގައި ބައިވެވަޑައިގަތުމަށް ބޭނުންފުޅުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

v vaalusoru
mulheen ves dhakkaa vaahaka aai idhikolhah amalu kuraathan mi fennanee, thia kiaa raees vidhaalhu vee raiyyathun'nah heo edhey meehaku dhevana dhaurakah kurimathi nulaane kamah , raiyyathun zaharu boanveetha adhives.