ސަރުކާރުގެ ތެރޭގައި އޮތް ޤާސިމްގެ ސަރުކާރެއް ނުހިނގާ، ބަދުނާމު އެމްޑީޕީއަށް: ބޮންޑޭ

ސަރުކާރުގެ ތެރޭގައި އޮތް ޤާސިމްގެ ސަރުކާރެއް ނުހިނގާ، ބަދުނާމު އެމްޑީޕީއަށް: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 12:03
0

ރާއްޖޭގައި ވެރިކަން ހިންގަމުންދާ ސަރުކާރުގެ ތެރޭގައި އެތައް ސަރުކާރެއް އެބައޮތް ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައެއް ކުރިމަތިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސަރުކާރު ނުހިނގާތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންފުޅަށް ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބޭނުމެއް މިއަދު ނުފެންނަކަމަށެވެ. މުއައްސަސާތަކާއި، ވުޒާރާތަކާއި، ކުންފުނިތައް ނުހިނގާ ވާހަކަ ތާއަބަދު އަޑުއިވޭއިރު، އިރު އިރުކޮޅާ މިތަންތަނަށް މީހުން ލައިގެން ނަތީޖާއެއް ނުނެރޭވޭނަމަ މިއީ ކުރެވޭ ބޭކާރު ކަމެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއްމައްސަލަޔަކީ ސަރުކާރުގެ ތެރޭގައި ކުދި ސަރުކާރު ތަކެއް އޮތުން ކަމަށާއި، އެސަރުކާރުތަކުން ހިންގާ މިނިސްޓްރީތައް ނުހިންގި ރައްޔިތުންގެ ނުރުހުން އިންތިހާޔަށް ކުރިމަތިވަމުންދާކަމީ އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. ޤާސިމް އިބްރާހިމްގެ އެކި ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނަށް މިނިސްޓްރީތައް ނުހިންގި އެމްޑީޕީއަށް ބަދުނާމު ކުިރމަތިވަމުންދާއިރު މިކަންކަމަށް ގޮތްތަކެއް ކަނަޑައަޅަން ޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ސަރުކާރުގެ ތެތޭގައި އެބައޮތް ކުދި ސަރުކާރުތަކެއް. މިއަދު ކޯލިޝަން ސަރުކާރުގެ ލީޑަރު ޤާސިމް އިބްރާހިމް މަޖިލީހަށް ހާޒިރުވާތާ މިވަނީ އަހަރެއްވެފަ. ޤާސިމް ނިސްބަތްވާ ކުޑަ ސަރުކާރުން އެބަޖެހޭ ހަވާލު ކުރެވިފައިވާ ކަންކަން ކުރަން. އެވުޒާރާތަކުގެ ކަންކަން ނުހިނގާ. ހުރިހާ ބަދުނާމެއް މި ކުރިމަތިވަނީ އަޅުގަނޑުމެން އެމްޑީޕީއަށް.

– ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ހިންގުން މިހާ މަޑުމަޑުން ގޮސްގެން ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ނުވާނެކަމަށެވެ. ޚާއްސަކޮށް މަޖިލިސް ތެރެއިން ހަދައިދޭ ޤާނޫނުތަކާއި، އައްޔަން ކުރެވޭ މަޤާމުތަކަށް ލެވޭ ބޭފުޅުންނަށް މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނަމަ އެމީހުން ލައިގެން މިކަންކަން ނުވާނެކަމަށެވެ. ރައްޔިތުން ބޭނުންވަނީ މިއަދު ޖަންޕެއް ޖަހައިގެން ނަމަވެސް ބޭނުންވާ ކަންކަން ހާސިލް ކުރަން ކަމަށާއި، އެކަން ކުރެވޭނީ ރަނގަޅު ސަރުކާރެއް އެކުލެވިގެންކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
މަޑިމަށްޗަށްޖެހިބަލަ ވަރަށްސާފް