ކޮވިޝީލްޑް ވެކްސިނަށް ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފި

ކޮވިޝީލްޑް ވެކްސިނަށް ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފި

Author
މުޙައްމަދު ޖިމީ
16 ފެބްރުއަރީ 2021 11:21
0

އޮކްސްފޯޑު ޔުނިވަސިޓީއާއި އެސްޓްރަޒެނެކާ ކުންފުނި ގުޅިގެން އުފެއްދި ކޯވިޝީލްޑް ވެކްސިނަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ހުއްދަ ދީފިއެވެ.

ޑަބްލިއުއެޗުއއިން ނެރުނު ބަޔާނެއްގައި ވަނީ ދެކުނު ކޮރެއާގެ އެސްޓްރަޒެނެކާ-އެސްކޭބަޔޯ އަދި އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން ތައްޔާރުކުރާ ކޯވިޑް ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ އެ ޖަމުޢިއްޔާއިން ދީފައިވާކަމަށެވެ. ޑަބްލިއުއެޗުއޯއިން ބުނީ އެ ޖަމުޢިއްޔާއިން ބެލި ބެލުމުން އެ އިދާރާއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އެސްޓްރަޒެނެކާގެ ވެކްސިން ފެތޭކަމަށެވެ.

ކޮވިޝީލްޑް ވެކްސިނަށް ޑަބްލއިުއެޗްއޯއިން ހުއްދަ ދީފައިވާއިރު، ރާއްޖޭގައިވެސް ކޯވިޑުން ރައްކާތެރިވުމަށް ދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ވަނީ ރާއްޖެއަށް 100،000 ކޮވިޝީލްޑް ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. ރާއްޖޭގަައި "ކޮވިޝީލްޑް" ވެކްސިން ޖެހުމުގެ ހުއްދަ ދީފިއިވަނީ މިދިޔަ މަހުގެ26 ވަނަ ދުވަހުއެވެ. އަދި ވެކްސިން ޖަހައިދޭން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މި ވެކްސިނަކީ ރާއްޖޭގައި ކޯވިޑް 19 ގެ ބަކިމަޑުކަމުގެ މިހާލަތުގައި ރާއްޖޭގައި ބެނުންކުރުމުގެ ހުއްދަ ދީފައިވާ ފުރަތަމަ ވެކްސިނެވެ. "ކޮވިޝީލްޑް" އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅުގެން ތައްޔާރުކޮށްފައިވާ އޮކްސްފޯރޑް-އެސްޓްރަޒެނަކާ ވެކްސިން، އެސް.އައި.އައި އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމަކެވެ. އޮކްސްފޯރޑް-އެސްޓްރަޒެނަކާ ވެކްސިނަކީ އިނގިރޭސިވިލާތުގެ ބްރިޓީސް މެޑިސިންސް އެންޑް ހެލްތް ކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން މިދިޔަ އހަރުގެ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހު ހުއްދަ ދޫކޮށްފައިވާ ވެކްސިނެކެވެ.

ކޮވިޝީލްޑް ވެކްސިނަކީ ރާއްޖޭގެ މާހައުލާ ގުޅޭ، އެއްތަނުން އަނެއްތަނަށް ގެންދަން ފަސޭހަ ވެކްސިނެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން، އެޗް.ޕީ.އޭއިން ބުނެފައިވެއެވެ. އެހެން ބައެއް ވެކްސިންތަކެކޭ އެއްފަދައިން ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ކިބައިން ސައިޑް އިފެކްޓްސް ފެނިގެންދާނެކަމަށް އެޗް.ޕީ.އޭއިން ބުނެއގޮތުން އާެވެ. އާންމުކޮށް ހަށިގަނޑު ފެންނަ އަލާމާތްތަކަކީ ވައިރަސްއާ ދެކޮޅަށް ހަޑިގަނޑު ރައްކާތެރިކުރުމަށް ދިފާޢީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމަތްތަކެއްކަމަށާއި، މި އަލާމާތްތައް ދެތިން ދުވަހުގެ ތެރޭގައި ފިލާ ރަނގަޅުވާނެކަމަށްވެސް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ސައިޑް އިފެކްޓްސްގެ ތެރޭގައި :

– އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ، ނޫފައިގަތުން ފަދަ ކަންކަން
– ހުން އައުން
– ވަރުބަލިވުން
– ބޮލުގައި ރިއްސުން
– މޭ ނުބައިކުރުން
– ހުޅުހުޅުގައި ނުވަތަ މަސްތަކުގައި ރިއްސުން

ކޮވިޝީލްޑް ވެކްސިން އުފައްދާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ވެކްސިން އުފެއްދުމަށް މަޝްޙޫރު އެންމެ ބޮޑު ކުންފުންޏެވެ. އެގޮތުން އެ ކުންފުނިން އަންނަނީ އެކި ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ 1.5 ބިލިއަން ޑޯޒުގެ ވެކްސިން އަހަރެއްގެ މައްޗަށް އުފައްދާ، ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.