ކޮންމެ ފަހަރު މި ގޯސްވަނީ ފަނޑިޔާރުން: މުހުތާޒް

ކޮންމެ ފަހަރު މި ގޯސްވަނީ ފަނޑިޔާރުން: މުހުތާޒް

Author
މުޙައްމަދު ޖިމީ
16 ފެބްރުއަރީ 2021 10:22
0

ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ހޯދުމަށް ސުލޫކަކީ ހަމައެކަނި ފަނޑިޔާރުންގެ އޮންނަކަމަކަށް ހެދުމަކުން ނިކުންނާނޭ ރަނގަޅު ނަތީޖާއެއް ނެތްކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

ކުރީގެ ޕީޖީ މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ފަނޑިޔާރު ހަސަން ސައީދުގެ މައްސަލައެއް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއޭސްސީ)އަށް ހުށައެޅުމާއި ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ ޕީޖީން ހުށަހެޅީ މިދިޔަ އާދީއްތަ ވަގުތެއްގައެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަދީ، ޕާސްޕޯޓު ދޫކުރުމުގެ އަމުރު ކޯޓުން ނެރުއްވާފައިވަނީ، އާންމުކޮށް މިބާވަތުގެ އަމުރު ނެރުއްވުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، އަލީ ވަހީދު ފުރައިގެން ދިއުމުގެ ހުއްދަދީ ކޯޓުން ޕާސްޕޯޓު ދޫކޮށްފައިވަނީ، މިބާވަތުގެ އަމުރުތައް ނެރުއްވުމުގައި އަމަލުކުރާ އުސޫލާ ޚިލާފަށް ކަމަށްވާތީ މިމައްސަލަ ކަމާބެހޭ މުވައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް މިހާރު އެއޮފީހުން ކުރަމުން ގެންދާކަމުގައެވެ.

ޙަސަން ސަޢީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށައެޅި މައްސަލައަށް އިޝާރާތްކުރައްވާ ކުރީގެ ޕީޖީ މުހުތާޒް ވިދާޅުވީ، ކޮންމެ ފަހަރަކު ގޯސްވަނީ ފަނޑިޔާރުންކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ހޯދުމަށް ސުލޫކަކީ ހަމައެކަނި ފަނޑިޔާރުންގެ އޮންނަކަމަކަށް ހެދުމަކުން ނިކުންނާނޭ ރަނގަޅު ނަތީޖާއެއް ނެތްކަމަށާއި، އެއްމެންގެ އިހުމާލު އެބައޮތްކަމަށެވެ.

ޓްރެވަލް ޑޮކިއުމެންޓެއްގައި ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދޭން ދައުލަތުން އެދުމުން ބޭނުން ގައުމަކަށް ވަޑައިގެންނެވޭ ގޮތަށް ޕާސްޕޯޓް ދޫކުރި މައްސަލަ ޕީޖީ އޮފީހުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.