ރާއްޖޭގެ ދެކުނަށް މިރޭ ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެއިދާރާއިން ވިދާޅުވީ ދެކުނުގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ މިރޭ 00:00 ން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ. ދެކުނުގެ މޫސުން ގޯސްވިނަމަވެސް އެހެން ހިސާބުތަކުގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
White Alert for heavy rain and thunderstorms. pic.twitter.com/iD37wZGLtQ
— Maldives Meteorology (@MetMaldives) February 15, 2021
ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ލަފާކުރާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މެޓް އޮފީހުން ވިދާޅުވީ ދެކުނުގެ ރަށްތަކުގެ އިތުރުން މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެން ވާކަމަށެވެ. ނަމަވެސް އުތުރު އަތޮޅުތަކަށް މޫސުން ޢާންމުގޮތެއްގައި ރަނގަޅު ވާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ