ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައެއްނުލާ

ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައެއްނުލާ

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2021 09:58
0

2021 ފެބްރުވަރީ 13 ވަނަ ދުވަހު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން އެކަނި ސްނޯކުލިންއަށް ދިޔަ އަންހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރައިން ހުއްޓާނުލައި މިއަދު ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ރިސޯޓުގެ މެނޭޖްމަންޓް ގުޅިގެން ކުރަމުންދާ މަސައްކަތުގައި މިއަދު 54 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑުމަގުން ވަނީ ބަލާފައެވެ. އަދި ޑައިވްކޮށްގެން ޖުމްލަ 138000 އަކަ މީޓަރުގެ ސަރަހައްދެއްވެސް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ވަނީ ބަލާފައެވެ. އަދި މީގެ އިތުރުން ކައިރިގައި ހުރި ފަޅުރަށްތައްވެސް ވަނީ ބަލާފައެވެ.


މި މީހާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓްގާޑް ކާމިޔާބު ލޯންޗާއި ހާބަރ ކްރާފްޓް ލޯންޗް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ވައިގެ މަގުން ޑޯނިއާ ފްލައިޓްވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އަދި މީގެއިތުރުން ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ފަހަރުވެސް ވަނީ ހަރަކާތްތެރިވެފައެވެ. މިހާތަނަށް ކުރި މަސައްކަތުން އަދި މި މީހާ ފެނިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.