ޑރ.ޖަމީލް އުފައްދަވާ ސުވާލުތަކަށް ޓޮމްގެ ހޫނު ރައްދެއް

ޑރ.ޖަމީލް އުފައްދަވާ ސުވާލުތަކަށް ޓޮމްގެ ހޫނު ރައްދެއް

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2021 08:18
0

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރީ އިންސާފުވެރިކޮށް ކަމަށް ބުނާނެ އެއްވެސް ހަމައެއް ނެތް ކަމަށް ވިދާޅުވެ ޑރ.ޖަމީލު މިއަދު ސްޕުރީމް ކޯޓުގައި ދެއްކެވި ވާހަތަކަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ހޫނު ރައްދެއް ދެއްވައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.ޖަމީލް މަޤާމުން ވަކިކުރި ގޮތާއި ގުޅޭގޮތުން ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ޖަމީލް ވިދާޅުވީ އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުންނަށް ވެސް ލިބެންޖެހޭ ދިފާއުވުމުގެ ހައްގު ވަކިކުރުމުގެ ކުރިން އޭނާއަށް މަޖިލީިހުން ދީފައި ނުވާ ކަމަށެވެ. ނައިބު ރައީސުން ވަކި ކުރެވޭނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، އެކަންކަން ފުރިހަމަ ނުކޮށް މަޖިލީހުން އޭނާ ވަކިކުރި ކުރުން ޖަސްޓިފައި ކުރެވޭނެ ހަމައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލްގެ މިވާހަތަކާއި ގުޅިގެން 18 ވަނަ މަޖިލީހުގައިވެސް ހިމެނޭ އަދި މިހާރުގެ މަޖިލީހުގައިވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މަހިބަދޫ ދާއިރާ ތަމްސީލު ކުރައްވާ އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ ޖަމީލް ނާއިބް ރައީސް ކަމުގެ މަޤާމުން ވަކިކޮށްފައިވަނީ އޭރުގެ ރައީސް ޔާމީނަށް އޭނާއާއިމެދު އިތުބާރު ނެތުމުން ޤާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުން ނާއިބް ރައީސް ޖަމީލު އަދި ނާއިބު ރައީސް އަދީބު ވަކިކުރީ އެބޭފުޅުންނަށް އިތުބާރު ނުކުރެވޭކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގައި ރައީސް ޔާމީން ވިދާޅުވުމުން. ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕް އިއްތިފާގުވެ ޤާނޫނު އަސާސީއާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް.

– އަހުމަދު ތޯރިޤު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބުު ރައީސްކަމުން ޖޫން، 2015 ގައި ޖަމީލް ވަކިކުރީ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެއީ މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އޭނާ ވަކި ކުރުމަށް ފަހު އެ މަގާމަށް އައްޔަން ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ނަމަވެސް ފަހުން އަދީބުވެސް ވަނީ ރައީސް ޔާމީން ވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައެވެ.

ނާއިން ރައީސްކަމުގެ މަޤާމުން ވަކިކުރެއްވި ގޮތާއިމެދު ޑރ.ޖަމީލު ސުވާލު އުފައްދަވައި ވާހަކަ ދައްކަވާއިރު ޖަމީލު ވަނީ އަލުން އަނެއްކާވެސް ޕީޕީއެމްއާއި ގުޅި ޕީޕީއެމްގެ ލީޑަރޝިޕްގައި ހަރަކާތްތެރި ވަމުންނެވެ. އަދި މިއަދު ޖަމީލް ދައްކާ ގިނަ ވާހަކަތައް ޕީޕީއެމްގެ ވެރިންނަށް އަމާޒުވެ އެބޭފުޅުންގެ ބޮޑެތި ފާޑުކިޔުން ވަނީ ޑރ.ޖަމީލަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.