ހުޅުމާލެ ޕޮލިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކާރެއް ބަލައިފާސްކޮށް، ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލާކަމަށް ލިބުނު މައުލޫމާތަކާ ޓްރެފިކް ޕޮލިސް އާއި ހުޅުމާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން އެ ކާރު ހުއްޓުވާފައިވަނީ މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ 22:07 އެހާކަންހާއިރު ހުޅުމާލެ ކޭލިގެމަތަ ބަސް ސްޓޮޕް ކައިރިންކަމަށެވެ.
އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު އެކާރުގެ ޑިކީ ތެރޭގައި ހުރި ކޫލް ބޮކްސް އެއްގެ ތެރެއިންނާއި ޑިކީ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން 72 ދަޅު ބިޔަރު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިމައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެދެމީހުންނަކީވެސް ދިވެހިންނުންކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ