13 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރުހުންދީފި

13 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރުހުންދީފި

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2021 02:10
0

13 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރަން ފޮނުވި ނަންތަކަށް މަޖިލީހުން ރުހުން ދީފި އެވެ.

އެ މަގާމުތަކަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ މިދިޔަ ހަފްތާގަ އެވެ. އަދި އެ ނަންތަކަށް މިއަދު މަޖިލީހުަގއި ވޯޓަށް އެހި އިރު ވޯޓުގައި ބައިވެރިވި 39 މެމްބަރުން ވަނީ ނޮން ރެސިޑެންޓް ސަފީރުން އައްޔަނުކުރަން ރުހުން ދީފައެވެ.

13 ޤައުމަށް ކަނޑައެޅުއްވުމަށް ރުހުންދެއްވި ނޮން-ރެޒިޑެންޓް ސަފީރުން:

1- ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ލަޠީފް، ޔޫކްރެއިންނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
2- އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒް، އަޒަރުބައިޖާން އަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
3- ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާގް، އޮސްޓްރޭލިޔާ އަދި ސައުތު އެފްރިކާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
4- ސައުދި ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް، ފަލަސްޠީނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
5- ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ޖިނާޙް، ކެމްބޯޑިއާ، ވިއެޓްނާމް އަދި ލާއޯސްއަސް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
6- ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ.އާސިމް އަޙްމަދު، އިޓަލީވިލާތް، ތުރުކީވިލާތް، އޮސްޓްރިއާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
7- ޔޫއޭއީއަށް ކަނޑައަޅަފައި ހުންނަވާ ސަފީރު އައިޝަތު ޝަބީނާ، މިސްރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
8- ސިންގަޕޫރަށް ކަނޑައަޅަފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބް، ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ޤައުމުތަކަށް “ނޮން-ރެސިޑެންޓް” ސަފީރުން ކަނޑައެޅުމަށް މިމަސައްކަތްކުރައްވަމުން އަންނަކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް “ނޮން-ރެސިޑެންޓް” ސަފީރެއް ކަނޑައަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.