ކޮންމެ ހާލަތެއްގައިވެސް ބުނާނީ ހައްގުބަސް: އިމްރާން

ކޮންމެ ހާލަތެއްގައިވެސް ބުނާނީ ހައްގުބަސް: އިމްރާން

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2021 10:37
0

ދިމާވާ އެކި ހާލަތްތަކުގައިވެސް ބަސް ބުނާނެކަމަށާއި، އެކަމަކު ކޮންމެ ހާލަތެއްގައިވެސް ބުނާނީ ހައްގުބަސް ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚު އިމްރާންގެ ޝައިޚަކު ވިދާޅުވި ބަސްފުޅެއްގެ ހަނދާން އާކުރައްވައި ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮންމެ ހާލަތެއްގައިވެސް ބަސް ބުނުމަކީ ލިބިގެންވާ ހައްގެއްކަމަށެވެ. ނަމަވެސް ބަސްބުނެ ވަކާލާތު ކުރުމަށް ލިބިފައިވާ ހައްގުގެ ބޭނުން ކުރަންވާނީ އެންމެ ރަނގަޅު ގޮތުގައި ކަމަށާއި، އެމަނިކުފާނު ކޮންމެ ހާލަތެއްގައި ބަސްނަން ޖެހުނަސް ބުނާނީ ހައްގު ބަސް ކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ކޮންމެ ތަނެއްގައި ކޮންމެ ހިނދެއްގައި އަހަރެންނަށް ޙައްޤު ބަސް ނުބުނެވިދާނެ އެވެ. އެކަމަކު އެއްވެސް ތަނެއްގައި އެއްވެސް ހިނދެއްގައި ޙައްޤު ބަހެއް ނޫނީ އަހަރެއް ނުބުނާނަނަމެވެ.

– އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މިވާހަތަކާއި ގުޅިގެން ތަފްސީލީ މާނައެއް ނޭގުނުނަމަވެސް މަޖިލީހަށް ހުށަހެޅިފައިވާ ލަވަޔާއި މިއުޒިކާއި ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ދަނީ ވަރަށް ބޮޑަށް ބަހުސް ކުރެވެމުންނެވެ. އިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު އިއްތިފާގުވަނީ ލަވަޔާއި މިއުޒިކަކީ ހުއްދަ އެއްޗެއްނޫންކަމަށެވެ. ނަމަވެސް ބައެއް އިލްމުވެރިން ދަނީ އެއީ ހުއްދަ ކަމެއްކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ.

މި ބަހުސްގައި އެންމެ ބޮޑަށް ބަކާލާތު ކުރަމުންދަނީ މިނިސްޓރަ އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހައްގޫ
ދޮގު ހަދާ މީހަކަށް ބުނެވޭނެ ހައްގު ބަހެއް ނޯންނާނެ! ތީ ވިކިފަވާ ދޮގުވެރިއެއް