އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްބުމަށް ދައްކަމުންދާ ބަހަނާތަކީ ބަލައި ގަނެވޭނެ ކަންކަމެއް ނޫންކަމަށާއި، އިންތިޚާބުގެ ތާރީހަށް މަޖިލީހުން ދެން ބަދަލެއް ނުގެންނާނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭ އިން މިހާރު އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތައް އިންތިޚާބު ނުބޭއްވޭނެ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިލެކްޝަންސް ކޮމިޝަނުން ހުށައެޅި ސިޓީ ލިބިފައިވާކަން މިއަދުގެ މަޖިލިސް ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. މި ސިޓީއާއި ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ތާރީހުގައި އިންތިޚާބު ބޭއްވޭނެކަމަށާއި އެ ނިންމުމަށް މަޖިލީހުން އެއްވެސް ބަދަލެއް ދެން ނުގެންނަވާނެކަމަށެވެ.
އަޅުގަދު މިއަދު ހެނދުނު އަމީން އާއްމުކައިރީ ދަންނަވައިފިން މީ މިކަން އަޅުގަނޑު ދަރިފުޅުގެ ހޯމް ވީކޭ މިއެކެވޭ އެއްވަރޭ.އެއްވެސް ނުހަދާންވީ ނުހެދެންވީ އެތައް ގޮތެއް ދަރިފުޅު ކިޔާދޭ އަޅުގަނޑަށް. އަޅުގަދު ކޮމިޝަނާއި އޮފް އިލެކްޝަންސް އަށްވެސް އަދި ހުރިހާ ހޯމްވޯކް ހަދާކުދިންނަށްވެސް ދަންނަވާލާނީ މިހާރު އެއޮޓި ހޯމް ވޯކް ދީފައެވެ. ދެން އެ ނިންމައިގެން އަވަހަށް އަންނާށޭ. އިތުރު ގޮތެއް މިއަކު ނެތޭ.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް މަޖިލީހުން ވަނީ ޚާއްސަ ޤާނޫނެއް ފާސްކޮށްފައެވެ. އެޤާނޫނުގައި ބުނާގޮތުން މިއަހަރުގެ މެއި މަހުގެ 9 ވަނަދުވަހުގެ ކުރިން ބާއްވާ ނިންމަންޖެހެއެވެ. އެހެންނަމަވެސް މިހާރު އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެ މުއްދަތުގައި އެ އިންތިޚަބު ބޭއްވުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވިދާޅުވަމުންނެވެ. މިގޮތުން ބަޖެޓްގެ ދަތިކަމާއި އިންތިޚާބުގައި އަމަލުކުރަން އެޗްޕީއޭއިން ބުނާ ކަންކަން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވިދާޅުވަމުންނެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމުގެ ތައްޔާރީ އިލެކްޝަނުން ވަމުންދާއިރު، މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ މައްސަލައާއި ޤާނޫނީ މައްސަލަތައް ހައްލުވެގެން ނޫނީ އިންތިޚާބު ނުބޭއްވޭނެކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ